ޚަބަރު

އައްޑޫ ދަމަނަވެށިން ގެއްލުނު ތަތްގަނޑު ފަޅު ރަށަކުން ފެނިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫސިޓީ މަރަދޫ ފޭދޫގައި ހުންނަ ދަމަނަވެށިން ވަގަށް ނަގާފައިވާ ތަތްގަނޑުތަކުގެ ތެރެއިން އެ އޮފީހުގެ ރަސްމީ ތަތްގަނޑު ފަޅުރަށަކުން ފެނިއްޖެއެވެ.

Ads by MWSC

މަރަދޫގައި ހުންނަ ދަމަނަވެށިން ވެކްސިން ތައްގަނޑެއް ވަގަށް ނަގައިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގަ އެވެ.

ފުލުހުން މިއަދު ބުނީ މި މަހު ހަތަރު ވަނަ ދުވަހު އެ ތައްގަނޑު ގދ. ކުރިކޭމާހުއްޓަ ނަމަކަށް ކިޔާ ފަޅު ރަކަށަކުން ފެނިފައިވާކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ.

މިދިިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ވެކްސިން ތައްގަނޑެއް ވަގަށް ނެގި މައްސަލަ ފެންމަތިވީ ރާއްޖޭގައި ހިމަބިހި ފެތުރެމުންދާ ކަން އިއުލާން ކުރުމާއި ވެކްސިން ނުޖަހާ މީހުންގެ މައްސަލަ ބޮޑުވެފައި ވަނިކޮށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!