ޚަބަރު

ސޯބެ އަށް ނިޒާރު: ނަތީޖާ ނުނެރެވި 10 އަހަރު ރިޕީޓް ވުމަކީ ތަޖުރިބާއެއްނޫން

ދެން އެމްވީ ، ދެން އޮންލައިން

އެއް ކްލާހެއްގައި ނަތީޖާ ނުނެރެވި ރިޕީޓްވުމަކީ ތަޖުރިބާއެއް ނޫން ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ މެމްބަރު އަލީ ނިޒާރު މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަށް ފާޑު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ނިޒާރު ވިދާޅުވީ އެެއްކުލާހެއްގައި ނަތީޖާ ނުނެރެވި 10 އަހަރު ރިޕީޓް ވުމަކީ ތަޖުރިބާއެއްނޫން ކަމަށާއި އެއީ ފެއިލް ވުން ކަމަށެވެ. އަދި ސިޔާސީ ކަންކަން ވެސް އެ މިގަޑުން ކިރާލެވިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޒާރު މިހެން ވިދާޅުވިއިރު ސޯބެ މޭޔަރު ކަމުގައި ހުންނަތާ މިހާރު 10 އަހަރު ވާން ކައިރިވެއްޖެއެވެ. ނިޒާރާއި ސޯބެގެ އިތުރުން އައްޑޫ ސިޓީގެ އެމްޑީޕީ ދާއިރާ ރައީސް އަހްމަދު އަދުހަމް ވެސް މޭޔަރު ކަމަށް ޕްރައިމަރީގައި ވާދަކުރައްވައެވެ.

މީގެ އިތުރުން އައްޑޫ ސިޓީ ތަރައްގީ ކުރަން ބޭނުންވަނީ އާ ލީޑާޝިޕެއް ކަމަށް ވެސް ދާދިފަހުން ނިޒާރު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!