ލައިފްސްޓައިލް

'މަޝްރޫމް' މީރު ކަމުން އަލަތު ދަރިފުޅަށް ނަން ދިނީ މަޝްރޫމް އެއްގެ ނަމުން

އެމެރިކާ އަންހެނަކު އޭނާ އަށް ލިބެން އުޅޭ އަލަތު ދަރިފުޅަށް މަޝްރޫމް އެއްގެ ނަމުން ނަން ދޭން ނިންމައިފިއެވެ.

އޭނާގެ ކޮއްކޮ ބައެއް ނޫސްތަކަށް މައުލޫމާތު ދެމުން ބުނި ގޮތުގައި ދައްތަ ގެ ދަރިފުޅަށް ކިޔުމަށް ހަމަޖެހިފައިވަނީ "ޕޯޓަބެއްލާ" އެވެ. ޕޯޓަބެއްލާ އަކީ މަޝްރޫމް ގެ ވައްތަރެކެވެ.

އޭނާ އިތުރަށް ކިޔައިިދިން ގޮތުގައި ފުރަތަމަ ދައްތަ އެހެން ބުނުމުން އޭނާ ހީކުރީ އެއީ މަޖަލަކަށް ކިޔާ ނަމެއް ކަމަށެވެ. ނަމަވެސް ފަހުން ހަގީގަތުގައި އެހެން ކިޔާނެ ކަމަށް ބުނުމުން އޭނާ ވެސް ވަރަށް އަޖައިބު ވި ކަމުގައި އޭނާ ބުނެފައިވެއެވެ.

މި އަންހެން މީހާ މިކަން މީސް މީޑިއާ ގައި ފުރަތަމަ ހިއްސާ ކުރުމާއެކު ގިނަ ބަޔަކު ވަނީ އެ ކުއްޖާ އަށް އެ ނަަން ކިޔައިފި ނަމަ ބުލީ ކޮށް މަލާމާތް ކުރާނެ ކަމަށް ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!