ޚަބަރު

ހިމަބިއްސަށް އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އިތުރު މީހަކު ހިމަބިއްސަށް ޕޮސިޓިވް ވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަންން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ކުރި ޓްވީޓެއްގައި ބުނީ ހިމަބިއްސަށް މިއަދު ޓެސްޓްކުރެވުނު 10 މީހުންގެ ތެރެއިން އެކަކު ވަނީ މި ބައްޔަށް ޕޮސިޓިވް ވެފައި ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

ހިމަބިހި ޖެހިގެން މިދިޔަ ހަފުތާގައި ތިން އަހަރުގެ ފިރިހެން ކުއްޖަކަށް ވެސް ވަނީ ފަރުވާ ދީފައެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ އެ ކުއްޖާއަކީ ނުވަ މަހާއި 18 މަހުގައި ދޭންޖެހޭ މީސްލްސް ވެކްސިން ފުރިހަމަކޮށްފައި ނުވާ ކުއްޖެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާވެސް ރާއްޖޭގައި ފެތުރެން ފަށާފައިވާކަން ހެލްތް މިނިސްޓްރީން އިއްޔެ ވަނީ އިއުލާންކޮށްފައެވެ.

އެޗްޕީއޭ އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!