ހުޅުމާލޭގައި ޕާކްކޮށްފައި އޮތް ކާރަކަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަނީ

ހުޅުމާލޭގައި ޕާކް ކޮށްފައި އޮތް ކާރަކަށް ގެއްލުންދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ ހުޅުމާލޭ މަގުމަތީ ޕާކުކޮށްފައި އޮތް ކާރަކަށް ގެއްލުން ދީީފައިވާ މައްސަލައެއް މިއަދު ހެނދުނު 10:30 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން ކާރަށް ދީފައިވާ ގެއްލުންތަކުގެ ތެރޭގައި ކާރުގެ ފަހަތު ޓެއިލް ލައިޓަށް ގެއްލުން ދިނުމުގެ އިތުރުން ހުރިހާ ބިއްލޫރިތަކެއް ތަޅާލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance