ދުނިޔެ

ޗައިނާގައި ވަގަށް ނަގައިގެން ކޮށިތަކަކަށްލާ ބަންދުކޮށް "ކާން" ތައްޔާރުވި 700 އެއްހާ ބުޅާ ސަލާމަތްކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

އާދައިގެ މީހުން ނުކާތަކެތި ކާން ނަން މަޝްހޫރު ވެފައިވާ ޗައިނާއިން ކުދި ބުޅާތަކެއް (ކިޓަންތަކެއް) ކާން ތައްޔާރުވަމުން އައިކަން ދާދި ފަހުން ފެންމަތިވެއްޖެއެވެ.

Ads by Sosun Fihaara

އެގޮތުން ހޮޓަލެއްގެ ފަހަތުގައި ވަރަށް ގޮނޑުކޮށްހުރި ހުސްބިމެއްގެ ތެރެއިން 700 އެއްހާ ބުޅާ ސަލާމަތްކޮށްފައިވާއިރު، ބުޅާތައް ހުރީ ދަބަރުޖަހާފަހުރި ކޮށިތަކަކަށްލާ ބަންދު ކޮށްފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.


ޝާންޒީ ޕްރޮވިންސްގެ ލިންފެން އިން މިބުޅާތައް ވަގަށް ނަގައިގެން ކޮށިތަކަށްލާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ.

މަދަދަށް އެދި ބުޅާތައް ރޮމުން ގެންދާ އަޑުވެސް އެވީޑިއޯއިން އިވެއެވެ.

އެނގިފައިވާ ގޮތުގައި ބުޅާ ވަގަށްނެގި މީހުން ބޭނުންވީ "ކެއުން ތައްޔާރު ކުރަން" ރެސްޓޯރަންޓުތަކަށް އެބުޅާތައް ވިއްކާލާށެވެ.

ލޯކަލް އެނިމަލް ވެލްފެއަރ އަކުން 700 އެއްހާ ކުދި ބުޅާ ސަލާމަތް ކޮށްފައިވީ ނަމަވެސް، ޗައިނާގެ އެހެން ޕްރޮވިންސް ތަކުގައިވެސް މިފަދައިން ބުޅާ ވަގަށް ނަގާފައި ހުރެދާނެ ކަމަށް ޝައްކު ކުރެވެއެވެ.

ބުޅާތަކާއިމެދު އެފަދަ ރަހުމުކުޑަ ގޮތަކަށް އަމަލު ކޮށްފައިވާކަން އެނިމަލް ވެލްފެއާރ އަށް އެންގީ "ލީ" ކިޔާ އަންހެނެކެވެ. އޭނާއަށް އެމައުލޫމާތު ސިއްރުން ދިނީ، ބުޅާތައް ފެނިފައިވާ ހޮޓަލުގެ މަސައްކަތު މީހުންތަކެއްކަން ހާމަވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!