Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ފައި ދުޅަވާތީ ޑޮކްޓަރަށް ދެއްކުމުން ބުނީ ކެންސަރު ކަމަށް، ނަމަވެސް ޖެހިފައި ހުރީ ކޮވިޑް19

ފައި ދުޅަވާތީ ޑޮކްޓަރަށް ދެއްކުމުން ބުނީ ކެންސަރު ކަމަށް، ނަމަވެސް ޖެހިފައި ހުރީ ކޮވިޑް19

މީގެ ތިން މަސް ކުރިން އިނގިރޭސިވިލާތުގެ އުމުރުން އުމުރުން 36 އަހަރުގެ ސަރާ ޗާޗިލް ފުރަތަމަ ޑޮކްޓަރަސް ދައްކާފައިވަނީ ނޭވާ ކުރުވެ، ހިތް އަވަސްވެ ނުނިދޭތީއެވެ. ޑޮކްޓަރުން އޭނާ އަށް ޖެހިފައިހުރީ އާދައިގެ ރޯގާ ކަމަށް ބުނި ނަމަވެސް ދެ ދުވަސް ފަހުން އޭނާ ހޭލި އިރު މުޅި އަތާއި ފައި އޮތީ ރަތްވެ ދުޅަވެފައެވެ.

މާޗު 10 ވަނަ ދުވަހު އަލުން ސަރާ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ވަނީ އެއީ ލޭގެ ކެންސަރަށް ނުވަތަ އެއިޑްސް ބައްޔަށް ވެދާނެ ކަމުގައި ވެސް ބުނެފައެވެ.

ސަރާ އަށް ފުރަތަމަ މިކަން ދިމާވިއިރު އިނގެރޭސިވިލާތުގައި ކޮވިޑް19 އަށް ގިނަ މީހުން އެހާ ހޭލުންތެރި އެއްވެސް ނޫނެވެ. އެއިރު އެ ގައުމުގައި މާ ގިނަ ކޭސްތަކެއް ވެސް ނެތެވެ.

Advertisement
Ooredoo — Truecaller (box)

ޑޮކްޓަރު އޭނާ އަށް ކެންސަރު ޖެހިފައި ހުރި ކަމަށް ބުނުމުން ވަރަށް ބިރުގަތް ކަމުގައި ސަރާ ވަނީ މީޑިއާ ތަކަށް މައުލޫމާތު ދެމުން ބުނެފައެވެ. އަދި އެންމެ ބިރުގަތީ އޭނާ މަރުވެއްޖެ ނަމަ އޭނާގެ 9 އަހަރުގެ ދަރިފުޅަށް ވާނެ ގޮތެއް ނޭނގޭތީ ކަމުގައި އޭނާ ބުނެފައިވެއެވެ.

އަދި ސަރާ ގެ ބައްޕަ ވެސް ދުނިޔެ ދޫކޮށްފައިވަނީ ކެންސަރުގައި ކަން ފާހަގަކޮށް އޭނާ އެކަމާ ވަރަށް ދެރަވި ކަމުގައި ސަރާ ބުނެފައިވެއެވެ.

ނަމަވެސް ކެންސަރާއި އެއިޑްސް އަށް ކުރި ޓެސްޓުތައް ވެސް ނައްސިވެ، ސަރާ އަށް ޖެހިފައިވަނީ ކޮވިޑް19 ކަން އެނގުނީ ބަލި ޖެހުނުތާ ތިން ،މަސް ފަހުންނެވެ.

ސަރާ ވަނީ އޭނާއަށް ކުރިމަތިވި ފަދަ އަލާމާތެއް އެހެން މީހަކަށް ކުރިމަތިވެދާނެތީ އެކަން އާންމުންގެ ސަމާލުކަމަށް ވީ ވަރަކުން ގެންނަން ބޭނުން ވާ ކަން ހާމަކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް