ލައިފްސްޓައިލް

އެނގޭތަ؟ ސޯފާގައި އޮވެ ނިދާ މީހުން އާދަޔާ ޚިލާފަށް ލޯބިދޭނެ!

ސޯފާގައި އޮވެ ނިދާ މީހުންނަކީ ހަމައެކަނި އޭގައި ތިބެ "ވައި ބޭރުކުރާ" ބޭކާރު ބައެއް ނޫންކަން ދިރާސާތަކަކުން ދައްކައިފިއެވެ.

މިދިރާސާކުރި އިންސްޓިޓިއުޓްގެ ޕްރޮފެސަރެއް ކަމުގައިވާ ހެންރީ ބްރޫބާކަރް ބުނީ އެމީހުން ކުރި ދިރާސާއިން އެނގިފައިވާ ގޮތުގައި ސޯފާގައި އޮވެ ނިދާ މީހުންނަކީ އާދަޔާ ޚިލާފަށް ބޮޑަށް ލޯބިވާނެ އަދި ލޯބިދޭނެ ބައެއް ކަމުގައެވެ.

"ބައިވެރިޔާއާއި ވަކިން ސޯފާއެއްގައި އޮވެ ނިދޭ މީހުން، އެމީހުންގެ ބައިވެރިންދެކެ އިތުރަށް ލޯބިވާނެ. ބެލެވޭ ގޮތުގަައި އެއީ އެމީހުންގެ ބައިވެރިޔާއާއި ދުރުގައި އޮވެ ނިދުމުން، ހިތުގައި އުފެދޭ މާޔޫސްވުމެއްގެ ސަބަބުންވާ ކަމެއް. އެމީހުންނަށް ހީވާނީ ވަރަށް ގޯސް ކަމެކޭ ނުވަތަ ބައިވެރިޔާއަށް ބޭއިންސާފުންނޭ މިކަންތައް ކުރެވުނީ. އެހެންވެ އެކަން ފޫބެއްދުމަށް ބައިވެރިޔާއަށް ވަރަށް ބޮޑަށް ލޯބިދޭނެ" ޕްރޮފެސަރ ހެންރީ ބުނެފައިވެއެވެ.

"ސޯފާގައި އޮވެ ނިދެނީ ގަސްތަކު ނޫން. އެހެން އޮއްވާ ނިދެނީ. އެކަމަކު ހޭލެވުނީމަ ފާޑަކަށް ދެރަވޭ އަނބިމީހާއަށް ވަގުތު ނުދީ، އޭނައާއި ދުރުގައި އޮވެ ނިދުނީމަ. އެހެންވީމަ ދެން ބަލަނީ އޭނަ ހިތް އުފާ ކޮށްދެވޭތޯ" މިދިރާސާގައި ބައިވެރިވި ރޯއީ ހޯބްސް ބުންޏެވެ. އެކަން ޔަގީންކޮށްދެމުން ރޯއީ ގެ އަންހެނުން ޑޯން ބުނީ ސޯފާގައި އޮވެ ނިދާ ހޭލުމަށްފަހު ރޯއީ ވަރަށް "ރޮމޭންޓިކް" ކަމަށާއި ދުވަހުގެ ބާކީ ވަގުތުތައް ހޭދަ ކުރަނީ ޑޯން "ހިތް އުފާ ކޮށްދިނުމުގައި" ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!