ލައިފްސްޓައިލް

ކިތަންމެ މަދުން ސިނގިރޭޓު ބުއި ނަމަވެސް ލިބޭ ގެއްލުން ބޮޑު

ދެން އެމްވީ ، ދެން އޮންލައިން

ދުންފަތުގެ އިސްތިއުމާލު ކުރުމުން ސިއްހަތަށް ލިބޭ ގެއްލުމުގެ ވާހަކަ އަކީ އެކަކަށް ވެސް އޮޅިފައި އޮތް ވާހަކަ އެއް ނޫނެވެ. އެއީ އެންމެން ވެސް ގަބޫލު ގަބޫލު ކުރާ ހަގީގަތެކެވެ.

Ads by Sosun Fihaara

ނަމަވެސް އާންމުކޮށް ހީވެފައި އޮންނަ ގޮތުގައި މަދުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް އެކަމުން ކުރާ އަސަރު ކުޑައެވެ. ނަމަވެސް އެމެރިކާ ގައި ކުރި ދިރާސާއެއްގައި ދައްކާ ގޮތުން ކިތަންމެ މަދުން ބޭނުން ކުރި ނަމަވެސް އޭގެއިން ހަށިގަނޑަށް ކުރާ ގެއްލުން ވަކި ކުޑައެއް ނުވެއެވެ.

އެގޮތުން މި ދިރާސާގައިވަނީ ދުވާލަކު 5 ސިގެރެޓަށް ވުރެ މަދުން ބޯ 25 ހާސް މީހުން ހިމަނާފައެވެ.

މީގެ ތެރެއިން 90 އިންސައްތަ މީހުންގެ ފުއްޕާމޭ 68 އިންސައްތަ ރޭޓެއްގައި ހަލާކުވެފައިވާ ކަމަށް އެ ދިރާސާގެ ރިޕޯޓުގައިވެއެވެ. ހަމައެހެންމެ މި ދިރާސާގައި ބައިވެރިކުރި ދުވާލަކު 30 ސިގެެރެޓަށް ވުރެ ގިނައިން ބޯ މީހުންގެ ފަރާތުން ފާހަގަވެފައިވަނީ 76 އިންސައްތައެވެ.

އެހެން ގޮތަކަށް ބުނާނަމަ ގިނައިން ބޭނުން ކުރާ މީހާ 9 މަސް ދުވަހުގެ ތެރޭގައި ހަލާކުކޮށްލާ ފުއްޕާމޭ މަދުން ބޯ މީހާ އެއް އަހަރުގެ ތެރޭގައި ހަލާކުކޮށްލައެވެ.

ްެއެހެންކަމަށް ވުމާއެކު މިކަމުގައި އޮތް ސިއްހަތަށް އެންމެ ރަނގަޅު ގޮތަކީ ދުންފަތުގެ އިސްތިއުމާލު ކުރުން މުޅިން ހުއްޓާލުން ކަމުގައި މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!