Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ދުނިޔެ

ސައުދީއަށް ހަމަލާދޭން ބޭނުންކުރީ އިރާނުގެ ހަތިޔާރުކަމަށް އދ. ން ބުނި ބުނުން ދޮގުކޮށްފި

ސައުދީއަށް ހަމަލާދޭން ބޭނުންކުރީ އިރާނުގެ ހަތިޔާރުކަމަށް އދ. ން ބުނި ބުނުން ދޮގުކޮށްފި

ސައުދީ އަރަބިއާގެ އެއާޕޯޓަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަކަށް ދިން މިސައިލުގެ ހަމަލާއަކީ އިރާނުގެ ހަތިޔާރު ބޭނުން ކޮށްގެން އދ. ން ބުނި ބުނުން އެޤައުމުން ދޮގޮކޮށްފިއެވެ.

މިދިޔަ އަހަރު ސައުދީ އަރަބިއާއަށް ދިން އެހަމަލާއަކީ އިރާނުން އުފައްދާފައިވާ ހަތިޔާރު ބޭނުންކޮށްގެން ޔަމަނުގެ ޙޫޠީން ދިން ހަމަލާއެއް ކަމަށް އދ. ގެ ރިޕޯޓެއްގައި ހާމަކުރުމުން، އެކަން ދޮގުކޮށް އިރާނުން ބުނީ އެރިޕޯޓަށް އެމެރިކާއާއި ސައުދީ އަރަބިއާއިން ވެސް ނުފޫޒު ފޯރުވާފައިވާ ކަމަށާއި އެ ރިޕޯޓު ނެރެފައިވަނީ އީރާނާއެކު ހަތިޔާރުގެ ވިޔަފާރިކުރުން މަނާކުރާ މުއާހަދާ އައު ކުރުމަށް އެމެރިކާއިން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައިކަމުން ޝައްކުތަކެއް އުފެދޭކަމަށެވެ.

އދގ ގެ ސެކްރަޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް މިދިޔަ ބުރާސްފަތި ދުވަހު އދ. ގެ ސެކިއުރިިޓީ ކައުންސިލެއްގައި ބުނެފައިވަނީ، ސައުދީ އަށް ދިން އެހަމަލާގައި އިރާނުގެ މިސައިލާއި ޑްރޯން ބޭނުން ކޮށްފައި ހުރުމުން، އެހަމަލާގެ ޒިންމާ އިރާނުން ފުރިހަމައަށް ނަގަން ޖެހޭނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މިކަން ދޮގުކޮށް އިއްޔެ އިރާނުގެ ފޮރެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއީ ބަޔަކު "ރާވައިގެން އަޅުވާ ތުހުމަތެއް" ކަމަށާއި އެފަދަ ކަންކަން ކުރާނަމަ އެޤައުމުތަކާއެކު ދުވަހަކުވެސް ރައްކާތެރި ސުލްޙަވެރި ގުޅުމެއް ނުއުފެދޭނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް