ޚަބަރު

އެމްޑީއެން ރިޕޯޓް ލިޔުނު މީހުންނަށް އަވަހަށް ފިޔަވަޅު އަޅާ: ސަލަފް

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމް ދީނަށް ފުރައްސާރަކޮށް ރިޕޯޓް ނެރުނު މައްސަލާގައި އުވާލި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ ރިޕޯޓް ލިޔުނު ފަރާތްތަކާއި އެ ޖަމިއްޔާގެ އިސް ފަރާތްތަކަށް ފިޔަވަޅު އެޅުން ލަސްވާތީ ސަލަފް ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

Ads by MWSC

"ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ތަހުގީގު ކުރުމަށް ފަހު ޖަމިއްޔާ އުވާލަން އެންގި އެވެ. އަދި އެޖަމިއްޔާ އުވާލާފައިވާ ކަން ރަސްމީކޮށް އިއުލާން ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.

ސަލަފް ޖަމިއްޔާ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ އެމްޑީއެން އުވާލި ފަހުން، އެ ޖަމިއްޔާގެ ނަމުގައި ސޯޝަލް މީޑިއާގައި އެކިއެކި ރަސްމީ ބަޔާންތަކާއި ޕޯސްޓްތައް ނެރެމުންދާ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ މުއައްސަސާތަކާއި ދައުލަތުގެ އެންގުންތަކަށް ގޮންޖަހާ އެ ޖަމިއްޔާ ހިންގަމުންދާ ކަމަށެވެ.

ސަލަފުން ވަނީ ތަކުރާރުކޮށް އެމްޑީއެންގެ އިސް ފަރާތްތަކަށާއި އެ ރިޕޯޓް ލިޔުނު މީހުނަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބަޔާނުގައި ގޮވާލާފަ އެވެ. އަދި . އެމްޑީއެން އުވާލިތާ ހަ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު ފިޔަވަޅު އެޅުން ލަސްވާ ނަމަ ސަރުކާރުގެ އިސްވެރިންނާ މެދު އޮތް އިތުބާރު ގެއްލެމުންދާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ސަލަފް އިން ވަނީ އެމްޑީއެންގެ ރިޕޯޓް ލިޔުނު ފަރާތްތަކާ މެދު ފިޔަވަޅު އެޅުން އަވަސް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށާއި ސަރުކާރުގެ ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލައިފަ އެވެ. އަދި އެމްޑީއެންގެ އިސް ފަރާތްތަކަށް އަވަސް ފިޔަވަޅެއް ނާޅާހާ ހިނދަކު ސަލަފުން ހުއްޓާނުލައި އެކަމަށް ގޮވާލާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!