ޚަބަރު

ލޮކްޑައުން އުވިފައިވަނިކޮށް ކުރި ޖޫރިމަނާ ތައް ބާތިލް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރުކުރިއިރު އެންމެ ފަހުން އިއުލާނުކުރި ލޮކްޑައުންގެ މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، އެ ދިޔަ ހުސްކަމުގެ ތެރޭގައި ބޭރުގައި އުޅުމުން ހިފަހައްޓައި ކޮށްފައިވާ ހުރިހާ ޖޫރިމަނާއެއް ބާތިލް ކޮށްފިއެވެ.

Ads by Sosun Fihaara

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ފުލުހުން ޓެގް ކުރައްވައި ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް ވިދާޅުވީ އެ ވަގުތުތަކުގައި ކޮށްފައިވާ ހުރިހާ ޖޫރިމަނާއެއް ބާތިލުކޮށްފައިވާ ކަމަށެވެ.

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު ހައިތަމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ލޮކްޑައުން އުވާލުމުގެ ވަގުތާ ގުޅޭ ގޮތުން އާއްމުންނަށް ރަނގަޅަށް މައުލޫމާތު ސާފުނުވާ ކަމަށެވެ. އަދި އެ މުއްދަތުގައި އަދަބެއް ދިނުމަކީ ކުރެވިދާނެ ކަމެއްތޯ ވެސް އޭނާ ސުވާލު އުފައްދަވައި އޭނާ ވަނީ އެ ވަގުތުގައި ޖޫރިމަނާކޮށްފައިވާ ނަމަ އެ މީހުން އެ ފައިސާ ދައްކަން ޖެހޭނެތޯ ސުވާލުކޮށްފައެވެ.

މިދިޔަ މަހު 28 އިން ފެށިގެން ލުއިތަކާ އެކު ލޮކްޑައުން 14 ދުވަހަށް އިތުރުކުރި އެވެ. އެހެންކަމުން 27 ވަނަ ދުވަހުގެ ރޭ ދަންވަރު 12:00 އިން ފެށިގެން 14 ދުވަސް ހަމަވަނީ ޖޫން 11 ފެށުމާ ހަމައަށެވެ. އަދި އެޗްޕީއޭ އިން އެފަހަރު 14 ދުވަސް އިއުލާނުކުރި ވަގުތު ކަމަށްވާ 28 ވަނަ ދުވަހުގެ ހަވީރު 4:07 އިން ފެށިގެން ބެލިޔަސް 11 ވަނަ ދުވަހުގެ މި ގަޑިއަށް ވަގުތު ހަމަވާނެ އެވެ. ނަމަވެސް ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވަނީ އެރޭ 9 ޖަހަން ކައިރިވެފައި ވަނިކޮށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!