Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކުޅުދުއްފުށި ސިޓީގައި ދުއްވާފައިދިޔަ ޕިކަޕެއްގައި އަލިފާން ރޯވެއްޖެ!

ކުޅުދުއްފުށި ސިޓީގައި ދުއްވާފައިދިޔަ ޕިކަޕެއްގައި އަލިފާން ރޯވެއްޖެ!

ހދ. ކުޅުދުއްފުށި ސިޓީގައި ދުއްވާފައިދިޔަ ޕިކަޕެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ ހދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދެކުނު ގޯޅިން އަމީނީމަގަށް އެޕިކަޕު ނިކުންނަނިކޮށް ކަމަށާއި ޕިކަޕުގައި އަލިފާން ރޯވީ ބާރު އަޑެއް އިވުމަށްފަހު ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެފައިވެއެވެ.

މިހަަދިސާގައި އަލިފާން ރޯވީ އެޕިކަޕުގެ އިންޖީނުގައެވެ. ހާދިސާ ހިނގިއިރު ޑްރައިވަރުގެ އިތުރުން އެހެން މީހަކު ވެސް އިތުރު މީހަކުވެސް އެޕިކަޕުގައި އިނެވެ. ނަމަވެސް އެއްވެސް މީހަކަށް މިހާދިސާގައި އަނިޔާވެފައެއް ނުވެއެވެ.

Advertisement
Allied Insurance — Square (box)

ކުޅުދުއްފުށީ ޕިކަޕެއްގައި ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ އެމްއެންޑީއެފްގެ ފަޔަރމަނުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް