ލައިފްސްޓައިލް

ސެވިއްޔާގައި މިސްކިތެއް އެޅުމުގެ މަޝްރޫޢަށް ކަނޫޓޭ އެއް މިލިއަން ޑޮލަރު އެއްކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ވޭތުވެދިޔަ 800 އަހަރު ވެސް ރަސްމީ މިސްކިތެއް ނެތް ، ސެވިއްޔާގައި މިސްކިތެއް އެޅުމަށް ފްރާންސްގެ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ފުރެޑް ޢުމަރު ކަނޫޓޭ އިސް ނެގި މަޝްރޫޢަށް އެއް މިލިއަން ޑޮލަރު ލިބިއްޖެއެވެ.

Ads by STELCO

އުމުރުން 20 އަހަރުގައި އިސްލާމްދީން ޤަބޫލު ކުރި ކަނޫޓޭ ''ކަނޫޓޭ ފޯރ ސެވިއްޔާ މޮސްކް ކެމްޕޭން" އިޢުލާން ކުރީ މިދިޔަ އަހަރުއެވެ. މިސްކިތަކާއި އިސްލާމީ މަރުކަޒެއް ހިމެނޭ މި މަޝްރޫޢަށް އަންދާޒާ ކުރާ ބަޖެޓަކީ 13.1 މިލިއަން ޑޮލަރެވެ.

ސްޕޭންގައި ދިރިއުޅޭ ދެ މިލިއަނެއްހާ މުސްލިމުންގެ ތެރެއިން 30،000 މީހުން ނިސްބަތްވަނީ ސެވިއްޔާ އަށެވެ. އިސްލާމީ ވަރުގަދަ ތާރީޚެއް އޮތް ސެވިއްޔާގައި މިސްކިތެއް ނެތި އެތައް ޒަމާނެއް ވޭތުވެފައި ވަނިކޮށް ކަނޫޓޭ ފެށި މި މަޝްރޫޢާއި މެދު އެ ސިޓީގެ މުސްލިމުން ތިބީ ވަރަށް އުފަލުންނެވެ.

ސެވިއްޔާގައި ދިރިއުޅޭ މުސްލިމުންނަކީ އެހެން ދީންތަކުން އިސްލާމްދީނަށް ބަދަލުވި މީހުންނާއި އެހެން ގައުމުތަކުގެ ދަރިފަސްކޮޅުގެ މީހުންނެވެ. އޭގެ ތެރޭގައި އަލްޖީރިއާ ، މޮރޮކޯ އަދި ސެނެގޯލްގެ އިތުރުން މާލީ ހިމެނެއެވެ. ފުރެޑް ކަނޫޓޭއަކީ ވެސް މާލީގެ ދަރިފަސްކޮޅަކަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.

2005 އިން 2012 ސެވިއްޔާ ފުޓްބޯޅަ ޓީމަށް ކުޅުނު ކަނޫޓޭ ދަނީ އޭރުއްސުރެ ސެވިއްޔާގެ މުސްލިމް މުޖުތަމަޢަށް އެހީތެރި ވަމުންނެވެ. އެގޮތުން ސެވިއްޔާ މުސްލިމުން ނަމާދު ކުރުމަށް ބޭނުން ކުރަމުން ދިޔަ ''ނަމާދު ކޮޓަރި''އެއްގެ މުއްދަތު ހަމަވުމާއެކު 2007 ވަނަ އަހަރު އޭނާވަނީ އެކަމަށް އެހީތެރިވެދީ އެތަނުގެ މުއްދަތު އިތުރުކޮށްދީފައެވެ.

ސެވިއްޔާއަށް 209 މެޗް ކުޅެދީ 89 ގޯލް ޖަހައިދީފައިވާ ފޯވާޑް ކަނޫޓޭ އަކީ ސެވިއްޔާގެ މަގުބޫލު މީހެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!