Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ވަހީދުގެ ދެކަނބަލުންނަށް ދިން ހަމަލާ ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

ރައީސް ވަހީދުގެ ދެކަނބަލުންނަށް ދިން ހަމަލާ ރައީސް މައުމޫން ކުށްވެރި ކުރައްވައިފި

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް ދިން ހަމަލާ ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ކުށްވެރި ކުރައްވައިފިއެވެ.

ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. ވިދާޅުވީ އެ ހުތުރު އަމަލަށް މިއަދު ހެނދުނު މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުން ހެކިވާނެ ކަމަށެވެ.

މިކަމާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފިނޑި އަމަލު ކުށްވެރި ކުރާ ކަމަށާއި ރައީސް ވަހީދާއި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް އަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް އުންމީދު ކުރާ ކަމަށެވެ.

Advertisement
HDC — Sidebar (box)

މިކަމާ ބެހޭ އިތުރު ތަފުސީލެއް ރައީސް ވަހީދު ނުދެއްވަ އެވެ. އަދި އެމަނިކުފާނުގެ މި ތުހުމަތާ ގުޅޭ ގޮތުން ފުލުހުން ވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް