ޚަބަރު

ރައީސް ވަހީދަށް ފުރައްސާރަ ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާއި އެ މަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސެއިނަށް އެމްޑީޕީ އެކްޓިވިސްޓަކު ފުރައްސާރަ ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

Ads by MWSC

މިކަމާ ގުޅިގެން ފުލުހުން ބުނީ، ރައީސް ވަހީޑު ފަތާ ޓްރެކް ސަރަހައްދުގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަޑި ހުތުރު ބަހުން އެއްޗެހި ކިޔާ ފުރައްސާރަ ކުރި މައްސަލައެއް މިއަދު ހެނދުނު 7:07 ހާިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ރައީސް ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއަދު ހެނދުނު އެމަނިކުފާނާއި އަނބިކަނބަލުން އިލްހާމަށް އެމްޑީޕީ އެކްޓިވިސްޓެއް ކަމަށްވާ ޖޯރޭ ހަމަލާ ދީފައިވާ ކަމަށެވެ. އަދި އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. ވިދާޅުވީ އެ ހުތުރު އަމަލަށް މިއަދު ހެނދުނު މާލޭގެ އުސްފަސްގަނޑު ސަރަހައްދުގައި ކަސްރަތު ކުރަން ތިބި މީހުން ހެކިވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!