ޚަބަރު

އަލްޙަމްދުލިﷲ! މާލޭގެ މިސްކިތްތައް މިރޭ ހުޅުވާލަނީ

ދެން އެމްވީ ، ދެން އޮންލައިން

ލޮކްޑައުން ގެ ސަބަބުން ބަންދުކޮށްފައި ހުރި މާލޭގެ މިސްކިތްތައް މިރޭ ހުޅުވާލަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީ އިން ވަނީ މިރޭގެ މަޣްރިބް ނަމާދަށްފަހު މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލަން ނިންމާފައެވެ.

މިސްކިތްތައް އާންމުންނަށް ހުޅުވާލި ނަމަވެސް މިސްކިތުގެ ބޮޑު ޖަމާއަތުގައި ނަމާދެއް ނުކުރާނެއެވެ. ނަމަވެސް ކޮންމެ މީހަކަށްވެސް ވަކިވަކިން މިސްކިތުގައި ނަމާދު ކުރެވޭނެކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ކޮވިޑް19އިން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތައް ބަންދުކޮށްފައިވަނީ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ.

ނަމަވެސް ރާއްޖޭގައި ކޮވިޑް19ގެ ޙާލަތު ބަދަލުވެ ކޮމިއުނިޓީ ސްޕްރެޑަކަށް ނުވަތަ މުޖުތަމަޢުގައި ބަލި ފެތުރެން ފެށުމާއެކު މާލެއާއި ރިސޯޓުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައިވެސް ޖަމާޢަތުގައި ނަމާދުކުރުން ވަނީ ހުއްޓާލަން އަންގާފައެވެ. އަދި ތިން ފަހަރެއްގެ މަތިންވަނީ މިމުއްދަތު އިތުރުވެސް ކޮށްފައެވެ.

އޭގެ ފަހުން މެއި މަހުގެ 23 ވަނަ ދުވަހު ވަނީ މާލެ ސިޓީ ހިމެނޭހެން ރާއްޖޭގެ 7 ރަށެއް ފިޔަވައި ހުރިހާ ރަށެއްގައި ޖަމާޢަތުގައި ނަމާދު ކުރުމުގެ ހުއްދަވަނީ ދީފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!