ޚަބަރު

އެންމެން މޭކަޕްކޮށްގެން ދޮގެއް ނުހަދާނެ، ޑރ. ވަހީދު އަށް އިންސާފު ހޯދައިދެއްވާ: ރީކޯ މޫސަ

ދެން އެމްވީ ، ދެން އޮންލައިން

އެންމެން މޭކަޕް ކޮށްގެން ދޮގެއް ނުހަދާނެ ކަމަށާއި ކުރީގެ ރައީސް ޑރ. މުޙައްމަދު ހަސަން މަނިކަށް އިންސާފު ހޯދައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ކުރީގެ ރަައީސް ވަޙީދު އާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް މިއަދު ހެނދުނު އެމްޑީޕީއަށް ނިސްބަތްވާ މީހަކު ދިމާކޮށް ހަމަލާދިން މައްސަލަ ކުށްވެރިކުރަމުން ރީކޯ މޫސަ ވިދާޅުވީ އިންސާފާ ހަމަހަމަކަން ގާއިމްކޮށް އަދަބު ދިނުމަކީ ޝަރުޢީހަމަތަކުން ކުރަންޖެހޭ ކަމެއް ކަމަށާއި، މަގުމަތިން ގަޔަށް ބޮލަށް އަރައިގަނެގެން ކުރީގެ ރައީސްކަން ކުރެއްވި ބޭފުޅުންނަށް އަނިޔާ ކޮށްގެން ނުވާނެ ކަމަށެވެ.

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު އެމްޑީޕީން ހިންގި މުޒާހަރާއެއްގައި ފުލުހުން ރީކޯ މޫސަ ހިފަހައްޓައިގެން ހުރި ފޮޓޯއަކާއިއެކު ޓްވީޓު ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެންމެން މޭކަޕް ކޮށްގެން ދޮގެއް ނުހަދާނެ ކަމަށާއި ޑރ. ވަހީދު އަށް އިންސާފު ހޯދައި ދެއްވުމަށެވެ.

އެޓްވީޓުގައި ރީކޯ މޫސަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ޓެގްވެސް ކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!