ޚަބަރު

އަސްލަމް އަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވައިފި

ދެން އެމްވީ ، ދެން އޮންލައިން

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަމުގެ މަގާމަށް މިއަދު އައްޔަން ކުރެއްވި މުހައްމަދު އަސްލަމް އަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

Ads by MWSC

މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް ވަނީ އަސްލަމް އަށް ރުހުން ހޯދުމަށް ފޮނުވާފައިވާ މައްސަލަ އެޖެންޑާކޮށްފައެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ނަން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ބަދަލުކުރައްވައި، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާތައް މަޖިލީހުން ފާސްކުރުމުގެ މައްސަލަ ވެސް މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ހައުސިން މިނިސްޓްރީ އުވާލަން ސަރުކާރުން ނިންމާފައިވަނީ އެ މަގާމުގައި ހުންނެވި އާތިފާ ޝަކޫރު ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ހައުސިން މިނިސްޓްރީ އުވައިލެއްވުމާ ގުޅިގެން، މިހައިތަނަށް އެ މިނިސްޓްރީން ކުރައްވަމުން ގެންދެވި، ރާއްޖޭގެ ހިޔާވަހިކަމުގެ ސިޔާސަތު ކަނޑައެޅުމާބެހޭ އެންމެހައި ކަންތައްތަކާއި، ސޯޝަލް ހައުސިންގއާބެހޭ އެންމެހައި ކަންތައްތައް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ކުރައްވަމުން ގެންދަވާގޮތަށް މިހާރު ވަނީ ނިންމާފައެވެ.

އަދި ހައުސިން މިނިސްޓްރީ އުވާލުމާ ގުޅިގެން އެ މިނިސްޓްރީގެ އެންމެހައި މުދަލާއި ވަސީލަތްތަކާއި މުވައްޒަފުން، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!