ޚަބަރު

ކޮވިޑާ ގުޅިގެން ރަށްތަކުގައި އެޅި ފިޔަވަޅުތައް ބާތިލުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އާއި ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ފިޔަވައި ރަށްރަށުގައި އަޅާފައިވާ ފިޔަވަޅުތައް ބާތިލުކުރަން ނިންމައިފިއެވެ.

Ads by STELCO

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި އެންގުމެއްގައި ވިދާޅުވީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު އެންގުމުގައިވާ ފިޔަވަޅުތައް މާދަމާ އިން ފެށިގެން ބާތިލުވާނެ ކަމަށެވެ.

އެގޮތުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު އެންގުމުގައި ވަނީ ޒަރޫރީ ބޭނުންތަކަށާއި ޞިއްޙީ ފަރުވާ ހޯދުމަށްޓަކައި ނޫނީ އެއް ރަށުން އަނެއް ރަށަށް ދަތުރުނުކުރުމަށް އަންގާފައެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ވިލަރެސްކުރުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

މީގެއިތުރުން ބަލިން ރައްކާތެރިވުމަށް އެޗްޕީއޭއާއި ކަމާބެހޭ އެހެން އިދާރާތަކުން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް އަމަލުކުރުމާއި ރަށުތެރޭގައި އުޅުމުގައި ވެސް ގައިދުރުކަން ބެހެއްޓުމަށް ވެސް އެ އެންގުމުގައި ވަނީ އަންގާފައެވެ.

އެޗްޕީއޭ އިން ވަނީ އެ އެޖެންސީ ކުރާ މަސައްކަތައް ދައުލަތުގެ އިދާރާތަކާއި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!