ދުނިޔެ

ހުކުރު ނަމާދު ކުރަމުން ދަނިކޮށް ކާބުލްގައި ބޮން ގޮއްވާ، އިމާމް އާއެކު ހަތަރު މީހުން ޝަހީދު ކޮށްލައިފި

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ހުކުރު ދުވަހު ކާބުލްގެ ދެކުނުފަރާތުގައި ހުރި މިސްކިތެއްގައި ހުކުރު ނަމާދު ކުރަމުން ދަނިކޮށް ބޮން ގޮއްވާ، މިސްކިތުގެ އިމާމް އާއެކު ހަތަރު މީހުން ޝަހީދު ކޮށްލައިފިއެވެ.

Ads by WAMCO

އަފްގާނިސްތާނުގެ އިންޓީރިއާރ މިނިސްޓްރީން ބުނެފައިވަނީ އެބޮންތައް ބަހައްޓާފައި ހުރީވެސް ކާބުލްގެ "ޝޭރް ޝާހް ސޫރީ" މިސްކިތުގެ އެތެރޭގައި ކަމަށާއި ބޮން ގޮވާފައިވަނީ ހުކުރު ނަމާދު ވަގުތުގައި ކަމަށެވެ.

މިސްކިތުގެ އިމާމް އަޒީޒުﷲ މުފްލީ މިހަމަލާގައި ޝަހީދުވެފައިވާއިރު އިތުރު ތިން މީހަކު ވެސް ޝަހީދުވިއެވެ. އަދި މިސްކިތުގައި އެވަގުތު ތިބި އަށް މީހަކު ޒަޚަމްވެފައިވެއެވެ.

އިންޓީރިއާ މިނިސްޓްރީގެ ތަރުޖަމާނު ޠާރިޤް އާރިއާން ވިދާޅުވެފައިވަނީ، ފުލުހުން މިހާރު އެސަރަޙައްދު ބަންދު ކޮށްފައިވާ ކަމަށާއި، ޒަޚަމްވި ފަރާތްތައް އެމްބިއުލޭންސްގައި ކައިރި ހޮސްޕިޓަލުތަކަށް ގެންގޮސްފައިވާ ކަމަށެވެ.

މިހާދިސާ ހިނގާފައިވަނީ ކާބުލްގެ ކަރްލާ-4 އަވަށުގައި ކަމަށް ވެސް އާރިއާން ވިދާޅުވެފައިވެއެވެ.

މިބޮމުގެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވި ނަމަވެސް، މިމަހުގެ ކުރީކޮޅު އަފްގާނިސްތާނުގެ ނަންގަރްހާރް ގައިހުރި މިސްކިތަކަށް ދިން ބޮމުގެ ހަމަލާއެއްގެ ޒިންމާ އައިއެސްއައިއެސް އިން ވަނީ އުފުލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!