ޚަބަރު

ދެއަހަރު ނުފުރޭ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ދައުވާކުރާ ކާފަ އާއި މުނިކާފަ ދައުވާއަށް އިންކާރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކު އެކި ފަހަރު މަތިން ރޭޕް ކުރި ތުހުމަތުގައި ހައްޔަރުކުރި އެކުއްޖާގެ ކާފަ ގއ. ކަނޑުހުޅުދޫ/ރިހިވެލި އިބްރާހީމް ދީދީ (62އ.) އާއި މުނިކާފަ, އެރަށު އަންނާރުމާގެ ހަސަން މޫސާދީދީ (82އ.)، އެދައުވާއަށް އިންކާރު ކޮށްފިއެވެ.

Ads by Sosun Fihaara

މިއަހަރުގެ ޖަނަވަރީމަހު ފެންމަތިވީ މިމައްސަލައިގައި އެދެމީހުން ހައްޔަރު ކޮށްފައިވަނީ، އެކާފައާއި މުނިކާފަ ތުއްތު ކުއްޖާ ރޭޕް ކުރިކަން ކުއްޖާގެ މަންމަ ފަރާތު އާއިލާއަށް އެނގިގެން އެކަން ކަމާއިބެހޭ ފަރާތަށް އެންގުމުންނެވެ.

އެދެމީހުންގެ މައްޗަށް މިއަހަރުގެ ފެބްރުއަރީ މަހުގެ 13 ވަނަ ދައުލަތުން އުފުލާފައިވަނީ އާއިލާ މީހަކު އާއިލާގެ ކުއްޖަކާއެކު ޖިންސީ އަމަލު ހިންގި ކުށުގެ ދައުވާއެވެ.

މީގެއިތުރުން ފެބްރުއަރީ 27 ވަނަ ދުވަހު ކުޑަކުއްޖާގެ މައިންބަފައިންގެ މައްޗަށް ވަނީ ދެ ދައުވާއެއް ކޮށްފައެވެ. އެއީ ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ އާއި އެކަށީގެން ނުވާ ކަމެއްކަން އެނގިހުރެ އެކަން ހިނގިޔަ ނުދިނުމަށްޓަކައި އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވުމުގެ ކުށުގެ ދައުވާ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!