ޚަބަރު

އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު 7.9 ޕަސެންޓާއި 8.5 ޕަސެންޓަށް ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކޮށްފި އެވެ.

Ads by MWSC

ރާއްޖޭގެ މިހާރުގެ އިގްތިސޯދީ ހާލަތާއި ކުރިއަށް ލަފާކުރެވޭ ގޮތުގެ މައްޗަށް އެކުލަވާލައި ވޯލްޑް ބޭންކުން ނެރުނު، "ވޯލްޑް ބޭންކް މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް: އިން ސްޓޯމީ ސީޒް" ރިޕޯޓްގައި ބުނެފައި ވަނީ ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު ބިނާ ވެފައިވާ މައިގަނޑު ދާއިރާ ކަމަށްވާ ޓޫރިޒަމް ސިނާއަތް ހުއްޓުމަކަށް އައިސްފައި ވުމުގެ ސަބަބުން، މި އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދުގެ ދުވެލި 13 ޕަސެންޓާއި 17.5 ޕަސެންޓަށް ދަށްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެހެން ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް މަޑުމަޑުން ހަމައަކަށް އެޅެމުންދާ ވަރަކަށް، 2021 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގްތިސޯދު 7.9 ޕަސެންޓާއި 8.5 ޕަސެންޓާ ދެމެދުގެ މިންވަރެއްގައި ކުރިއަރާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

އެ ރިޕޯޓުގައި ބުނެފައި ވަނީ ކޮވިޑް-19އަށް ފަހު ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރަން ކަމަށެވެ.

"އިއާދަކުރަނިވި ހަކަތަ އަށް ވިސްނުން ބެހެއްޓުމަކީ މި ދަނޑިވަޅުގައި ކުރެވޭނެ ވަރަށް ރަނގަޅު އިންވެސްޓްމަންޓެއް. އެގޮތުން، ފުރުސަތުތައް ހުޅުވިގެން ދިއުމާއިއެކު، އިގްތިސޯދު އަވަހަށް ކޮޅަށް ޖެހި، ވަޒީފާގެ އިތުރު ފުރުޞަތުތައް ލިބިގެންދާނެ،" ރިޑިހޯ ވިދާޅުވެފައިވެ އެވެ.

ވޯލްޑް ބޭންކް އިން ރާއްޖެ، ސްރީ ލަންކާ އަދި ނޭޕާލަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްވަރާއީ-ރިޑިހޯ ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދީ ދުވެލި ވަނީ ވަރަށް ބާރަށް ކުރިއަރާފައިވާ ކަމަށެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ އިގްތިސޯދު ޖުލައި މަހު ހުޅުވަން މަސައްކަތް ކުރަމުންނެވެ. ޖުލައި މަހު އިގްތިސޯދު ހުޅުވި ނަމަވެސް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 50 ޕަސެންޓް މަދުވެ، އާމްދަނީ އިން 14 ބިލިއަން ރުފިޔާ އުނިވެގެން ދާނެ ކަމަށް ވަނީ އަންދާޒާ ކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!