ޚަބަރު

އަޅުގަނޑު އެދެނީ ވީޑިއޯގެ މައްސަލަ ތަހުގީގު ނުކުރުން: ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

ގާނޫނުއަސާސީ އިސްލާހުކުރުމަށް މިމަހުގެ އެއްވަނަ ދުވަހުގެ ދަންވަރު ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުން، ތަހުގީގުކޮށް ނުދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެ މައްސަލަ އިންސާފުވެރިކަމާއެކު ތަހުގީގު ކުރައްވަނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އެކަމަކު، އަމިއްލަފުޅަށް އެދިވަޑައިގަންނަވަނީ އެ ވީޑިއޯގެ މައްސަލަ ތަހުގީގު ނުކުރުންކަން ވެސް ފާހަގަކުރެއްވި އެވެ.

ރައީސް ނަޝީދު އެފައިން ވިދާޅުވެފައި ވާއިރު، ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމަށް ނަޝީދުގެ އެންގެވުމަކަށް އަނިޔާކުރި ކަމަށް ބުނި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޝިޔާމް އަށް މަޖިލީހުގެ އެމްޑީޕީ މެމްބަރުން ހަމަލާ ދިން މައްސަލަ އިންސާފުވެރިކަމާއެކު ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުން ބައްލަވާނެ ކަމަށެވެ. އަދި އިންސާފުވެރިކަމާއެކު މައްސަލަ ބައްލަވާ ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!