ނަޝީދަށް ވެރިކަން ނުކުރެވިގެން އިސްތިއުފާ ދިނުމަކީ ވަހީދުގެ މައްސަލައެއް ނޫން: މޮސްޓާ
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ނުކުރެވިގެން އިސްތިއުފާ ދިނުމަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ މައްސަލައެއް ނޫން ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ) ވިދާޅުވެއްޖެއެވެ.
ރައީސް ވަހީދު އާއި އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ހުސައިން އިއްޔެ ހެނދުނު ކަސްރަތަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް، އެމްޑީޕީގެ އެކްޓިވިސްޓަކު ވަނީ ދިމާކޮށް ހުތުރު އެއްޗެހި ގޮވާފައެވެ. ވަހީދު ވަނީ މި މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައެވެ.
އެކަމާ ގުޅިގެން ރައީސް ނަޝީދު ރޭ ވިދާޅުވީ އެމަނިކުފާނުގެ ކުރީގެ ނައިބު ރައީސް 2012 ވަނަ އަހަރު އެމްޑީޕީ ސަރުކާރު ބަޣާވާތަކުން ބަދަލު ކުރައްވައި، އިންތިހާބު ނުވެ ރައީސްކަން ކުރެއްވި ކަމަށް ވަރަށް ގިނަ ރައްޔިތުން ދެކޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އެހެންކަމުން ވަރަށް ގިނަ ދިވެހިންނަށް ކުރީގެ ނައިބު ރައީސް ފެނުމުން "ބާޣީ" އޭ ގޮވޭ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދުގެ މި ވާހަކަ އަށް ރައްދު ދެއްވަމުން މޮސްތާ ވިދާޅުވީ ވަހީދަށްވެސް މިނިވަންކަމާއި އެކު އުޅެވެން ޖެހޭނެ ކަމަށާއި ރައީސް ނަޝީދަށް ނުވެގެން އިސްތިއުފާ ދިނުމަކީ ވަހީދުގެ މައްސަލައެއް ނޫންކަމަށެވެ.
Mee hageegatheh bayakah hajamu nuvias... @DrWaheedH ah ves minivan kamaa eku ulhe ven jehayne... @MohamedNasheed ah nuvegen isthufaa dhinumakee waheed massala eh noon pic.twitter.com/EoZkRlNqeR
— Mohamed Nasheed Abdulla (@MNA_MosTaaA) June 14, 2020
ވަހީދުގެ ދެކަނބަލުންނާ މަގުމަތިން ދިމާކޮށްފައިވަނީ އެމްޑީޕީގެ އެކްޓިވެސްޓެއް ކަމަށްވާ "ޖޯރޭ" އެވެ. އެމްޑީޕީގެ އާންމު މެމްބަރުން އަންނަނީ ޖޯރޭ ދިފާއުކޮށް ސޯޝަލް މީޑިއާގައި ހިޔާލުތައް ފާޅުކުރަމުންނެވެ.
ވަހީދުގެ ދެކަނބަލުންނާ މަގުމަތިން މީހަކު ދިމާކުރި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.