ޚަބަރު

ރައީސް ނަޝީދު އިސްލާމްދީނާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނި މީހާގެ މައްސަލަ ނުބަލަން އެމަނިކުފާނު އެދިވަޑައިގެންފި

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްލާމްދީނާ ޚިލާފުވެވަޑައިގެން، ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރެއްވި ކަމަށް ބުނެ މީހަކު ދައްކާފައިވާ ވާހަކައިގެ މައްސަލަ ބަލައި ދައުވާ ކުރަން ހުށަހަޅުއްވާފައިވީ ނަމަވެސް މިހާރު އެ މައްސަލަ ކުރިއަށް ގެންދަން އެދިވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

އެ މައްސަލައިގައި ހިމެނޭ ވީޑިއޯ ސޯޝަލް މީޑިއާގައި އެންމެ ފުރަތަމަ ހިއްސާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވާ އިރު، އިމްރާން ހޯމް މިނިސްޓަރަކަށް ހުންނަވައިގެން އެ ވީޑިއޯގެ މައްސަލަ ބެލޭނެ ކަމަށް ދެކަމަށް ދެކެވަޑައިގަންވަންތޯ މަޖިލީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިން ގައި ނޫސްވެެރިއަކު ސުވާލުކުރި އެވެ. އެ ސުވާލުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އިމްރާން ހުންނަވައިގެން ފުރިހަމަ ތަހުގީގެއް ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ. އިމްރާންގެ މިނިސްޓަރުކަމުގެ އަހުލާގާއި ގާބިލުކަމާ މެދު އެއްވެސް އިރަކު އޮމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ދެން އެވީޑިއޯ ތަހުގީގު ހަގީގަތުގައި ނުކުރުމަށް އަޅުގަނޑު އެދެނީ. ދެން އަޅުގަނޑަށް މައްސަލައެއް ނެތޭ މީހަކު އަޅުގަނޑާ ދިމާލަށް އެއްޗެއް އެހެން ބުނެލިއެއްކަމަކު. އެއީ އަޅުގަނޑު ކަންބޮޑުވާކަމެއް ނޫން. އަދި އަޅުގަނޑުމެން މި މާލޭ މަގުމަތީގައި އަދި ރާއްޖޭގެ [އެހެން ރަށްރަށުގެ] މަގުތަމަތީގައި ހިނގާބިނގާވެ މިއުޅެނީ އަބަދުމެ. ގޮވާ އެއްޗެއްސެއް މަދެއް ނޫނެއް ނޫންތޯ؟ އެކަމައިގެން ދެން އަޅުގަނޑު ދެފައި އެއްތާ ނުޖެހިގެނެއް ނޫޅެން،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ އިދާރާ އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ރ. އަނގޮޅިތީމު، ޖީޒާގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހަކު، ރައީސް ނަޝީދަށް މުޚާތަބުކޮށް، ދީނާ ޚިލާފުވެވައިގެންފާވާ ކަމަށް ބުނި މައްސަލަ ބަލައިދިނުމަށް އެދިވަޑައިގެންފައިވަނީ ރައީސް ނަޝީދެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިދިޔަ މެއި މަހުގެ 17 ގައި ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ދެއްކި ވާހަކައަކާ ގުޅިގެން މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވަން އެ މަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!