ކައުނުގައި 30 ވައްތަރެއްގެ ވިސްނުން ތޫނު އޭލިއަން އުޅޭ ކަމަށް ދިރާސާއަކުން ދައްކައިފި
މި ކައުނުގެ އެކި މަޑިކިލަނބުތަކުގައި ގާތްގަނޑަކަށް 30 ވައްތަރުގެ ވިސްނުން ތޫނު އޭލިއެން ދިރިއުޅޭ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
އެއާއެކު ގިނަ ބަޔަކު އަންނަނީ ސައިންސްވެރިން އެތައް އަހަރެއް ވަންދެން މި ކައުނުގައި އިންސާނުން ނޫން އިތުރު ދިރުމެއް ޥޭތޯ ބެލުމަށް ކުރަމުން އަންނަ މަސައްކަތަށް އިތުރު އަލިކަމެއް ލިބިފައިވާ ކަމަށް ބުނަމުންނެވެ.
ޔުނިވާސިޓީ އޮފް ނޮޓިންހަމް އިން ކުރި މި ދިރާސާ އިން ދައްކާ ގޮތުގައި ކައުނުގައި ދިރިއުޅޭ ގިނަ އޭލިއަނުން އިންސާނުންނަށް ވުރެ ތޫނުފިއްޔެވެ. އެގޮތުން އެ ދިރާސާގައި ބުނާ ގޮތުގައި 36 ވައްތަރެއްގެ ތޫނިފިލި އޭލިއަނުން ޖައްވަށް ރޭޑިއޯ ސިގްނަލް ފޮނުވުމުގެ ގާބިލްކަން ލިބިފައިވެއެވެ.
ނަމަވެސް އެ އޭލިއެން ތަކަކީ ދުނިޔެއާ ވަރަށް ދުރުން 17 ހާސް ލައިޓް އިޔާސް ދުރު ގައި ދިރިއުޅޭ އެއްޗެހި ކަމުން އިތުރަށް ދެނެގަނެ މުއާމަލާތު ކުރުމަކީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި އެ ދިރާސާ ގައި ފާހަގަކޮށްފައިވެއެވެ.
މި ދިރާސާ ކުރި ޓީމުން އަންނަނީ ތޫނުފިލި އޭލިއެން ތަކުގެ ސީދާ އަދަދު ދެނެގަތުމަށްޓަކައި އިތުރު މޮޑެލެއް ވެސް ހަދާފައެވެ. މި މޮޑެލް އިން ދައްކާ ގޮތުގައި އިތުރު ޕްލަނެޓެއްގައި ދިރުން އުފެދުމަށް 5 ބިލިއަން އަހަރު ނަގައެެވެ.
މި ދިރާސާ ވަނީ މިއަދު އެސްޓްރޮޕިސިކަލް ޖާނަލް ގައި ޝާއިއުކޮށްފައެވެ.