ޚަބަރު

އެމްޑީޕީގެ ވިސްނުމާއި ރޮޒައިނާ ޚިލާފު: "އެންމެން ގޯހެއް ނުވާނެ!"

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުންގެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ފުލުހުންނަކީ "ކުއްތާ" ތަކެއްގޮތަށް ރައްޔިތުންގެ ގަޔަށް އަރައިގަންނަ ބައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވި އެބަސްތަކާއި ދެކޮޅު ހައްދަވަމުން މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ފުލުހުންގެ ދިފާއުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ކޮންމެ ތަނެއްގައި ވެސް ތިބޭ އެންމެން ގޯހެއް ނުވާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން ވިޔަސް، އެމްއެންޑީއެފް ވިޔަސް، ރައްޔިތުންގެ މަޖިލިސް ވިޔަސް އަދި އެހެން ތަނެއް ވިޔަސް އެތަނެއްގައި ތިބޭ އެންމެން ގޯހެއް ނުވާނެ ކަމަށެވެ.

"ކުރަންވީ ކަމަކީ ނިޒާމް ވަރުގަދަކޮށް ފިޔަވަޅު އަޅަންޖެހޭ ބަޔަކާއިމެދު ފިޔަވަޅު އެޅުން. މުޅި މުއައްސަސާ ގޯސްކޮށްފަ ވާހަކަ ދެއްކުން ގޯސް" ރޮޒައިނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!