ޚަބަރު

5.6 މިލިއަން ރުފިޔާގެ ކެނެބިހާއެކު ހައްޔަރުކުރި 3 ދިވެހިންގެ ބަންދަށް 15 ދުވަސް

ދެން އެމްވީ ، ދެން އޮންލައިން

5.6 މިލިއަން ރުފިޔާގެ ކެނެބިހާއެކު ހައްޔަރުކުރި ތިން ދިވެހިންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ ރޭ ހިންގި މި އޮޕަރޭޝަނުގައި ތިން މީހަކު ހައްޔަރުކުރި ކަމަށާއި ނަމަވެސް އެމީހުންގެ ތެރެއިން އެކެއްގެ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައި ނުވާތީ އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ.

އަދި އަނެއް ދެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެ ތިން މީހުންނަކީ ވެސް މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ބައެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އަތުލައިގަތް 6.8 ކިލޯގެ ކެނެބިސް މަގުމަތީ އަގު 5.6 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!