ޚަބަރު

އިސްލާމް ދީނަށް ވުރެ އިންސާނިއްޔަތު އިސްކުރަން އުޅެނީ ކޮން މަގްސަދެއްގައިތޯ އިލްޔާސް ސުވާލު ކުރައްވައިިފި

ދެން އެމްވީ ، ދެން އޮންލައިން

އިސްލާމް ދީނަށް ވުރެ އިންސާނިއްޔަތު އިސްކުރަން އުޅެނީ ކޮން މަގްސަދެއްގައިތޯ ޝެއިހް އިލްޔާސް ހުސެއިން ސުވާލު ކުރައްވައިިފިއެވެ.

Ads by STELCO

ބެލެވޭ ގޮތުގައި ޝެއިހް އިލްޔާސް އެ ސުވާލު ކުރެއްވީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރިއަށް ގެންދާ ފުލުހުންގެ ބިލްގައި އިސްލާމްދީން ހިމާޔަތް ކުރުމުގެ ވާހަކައިގެ ކުރިން އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ ވާހަކަ ގެންނާތީ އެވެ.

މިކަމާ ގުޅިގެން އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވަނީ އިސްލާމް ދީނަށާއި ދީނުގެ ހުކުމްތަކަށް މަލާމާތްކޮށް ގުރްއާނާއި ލޮބުވެތި ނަބިއްޔާގެ ސުންނަތް ނޫން އެހެން އެއްޗެއް ހޯދަން އުޅުމަކީ ދިވެހިން އެންމެހާ ރައްޔިތުން ދެކޮޅު ހައްދަވާކަމެއް ކަން ހަނދާން ނެތިވަޑައިތީތޯ ސުވާލު ކުރައްވާފައެވެ.

"އިސްލާމް ދީނަށް ވުރެ އިންސާނިއްޔަތު އިސްކުރަން އުޅެނީ ކޮން މަގްސަދެއްގައިތޯ." އިލްޔާސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ފުލުހުންގެ ބިލްގައި ފުލުހުންގެ ހުވާގައި ބުނެފައި އޮންނަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާއަށް، ދިވެހި ފުލުހެއްގެ މަޤާމުގައި ހުރެ ޚިދުމަތްކުރާނީ، އިންސާނީ ޙައްޤު ހިމާޔަތްކޮށް ކުރިއެރުވުމުގައި އިސްނަގާ މަސައްކަތްކުރާ މީހެއްގެ ހައިސިއްތުން ވަކި މީހަކަށް މަންފާއެއް ހޯދައިދިނުމަށް ނުވަތަ ވަކި މީހަކަށް ގެއްލުމެއް ދިނުމަށް ވިސްނުމެއްނެތި، އިސްލާމްދީނާއި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ޙުކުމްތައް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ނެގެހެއްޓުމަށާއި އަމަން ޤާއިމުކުރުމަށް ކަމަށެވެ. ކޮންމެ ޙާލަތަކާ ކުރިމަތިވިކަމުގައި ވީނަމަވެސް، ފުލުހެއްގެ މަޤާމު އަދާކުރާނީ، އެގޮތުގައިހުރެކަމަށް މާތް ﷲ ގަންދީ ހުވާކޮށް، އެކަން އެގޮތުގައި ކުރުންމަތީ ދެމިހުރުމަށް އެކަލާނގެ ޙަޟްރަތުން ވާގި އެދޭކަމަށް ހުވާގައި ބުނެފައި ވެއެވެ.

ނަމަވެސް 2008 ވަނަ އަހަރުން ފެށިގެން މިހާރު ވެސް ފުލުހުން އަމަލު ކުރަމުން އަންނަ ފުލުހުންގެ ޤާނޫނުގައި އޮންނަ ފުލުހުންގެ ހުވާފައި އެންމެ ފުރަތަމަ ކަމަކަަށް އޮންނަނީ އިސްލާމްދީން ހިމާޔަތް ކުރުމުގެ ވާހަކައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!