ޚަބަރު

ލޮކްޑައުންގައި ޖިންސީ ގޯނާއާއި ފުރައްސާރައިގެ 46 މައްސަލައެއް ކޯޓަށް!

ދެން އެމްވީ ، ދެން އޮންލައިން

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް މުއްދަތުގައި، ޖިންސީ ގޯނާއާއި، ޖިންސީ ފުރައްސާރައިގެ 46 މައްސަލައެއްގައި ދައުވާކުރަން ކޯޓަށް ފޮނުވާފައިވާކަމަށް، ޕްރޮސެކިއުޓާ ޖެނެރަލް، ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޝަމީމް ކުރެއްވި ޓުވީޓެއްގައި ވަނީ ޖިންސީ ގޯނާކުރުމާ ގުޅޭ މައްސަލަތައް ތަޙްގީގުކޮށް ދައުވާ ކުރުމާ ގުޅޭ ތަފާސް ހިސާބެއް ހިއްސާ ކުރައްވާފައެވެ. ޝަމީމްގެ އެ ޓުވީޓްގައިވާ ގޮތުން މިދިޔަ އޭޕްރިލް 15 ވަނަ ދުވަހު މާލެ ފުރަބަންދުކުރި ފަހުން އިއްޔެއާ ހަމައަށް ޖިންސީ ގޯނާކުރުމުގެ ކުށްތަކުގައި ދައުވާކުރި މީހުންގެ އެވްރެޖް އުމުރަކީ 35 އަހަރެވެ.

"ތަހުގީގު މަރުހަލާގައިވެސް ޕީޖީން ހަރަކާތްތެރިވާނެ އެހެންވީމަ އަޅުގަނޑުމެންނަށް ކުރިން ވެސް ލިޔެކިޔުންތަކަށް އެކްސެސް ލިބިފަ ހުންނާނީ. ނަމަވެސް މިއީ ވަރަށް ބޮޑު ކުރިއެރުމެއް،" ޕީޖީ ވިދާޅުވިއެވެ.

ޖިންސީ ގޯނާއާ ގުޅޭ ގޮތުން ހުށައެޅޭ މައްސަލަތައް ތަހްގީގުކުރުމަށް އެވްރެޖްކޮށް ނަގާފައިވަނީ 88 ދުވަހެވެ. އަދި އެފަދަ މައްސަލަތަކުގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވުމަށް އެވްރެޖްކޮށް ދެ ދުވަސް ނަގާ ކަމަށް އެ ތަފާސް ހިސާބުގައިވެއެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގެ ތެރެއިން 15 މައްސަލައެއްގައި ދައުވާކުރީ އޭޕްރީލް މަހުގެ ތެރޭގައި އެވެ. އަދި މެއި މަހުގެ ތެރޭގައި 28 މައްސަލައެއްގައި ދައުވާކުރިއިރު ޖޫން މަހުގެ މިހާތަނަށް 3 މައްސަލައެއްގައިވަނީ ދައުވާކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!