ޚަބަރު

ﷲއަށް ހަމްދުހުރި، އިތުރު 130 މީހަކު ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން އިތުރު 130 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.

Ads by STELCO

މި 130 މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1670 އަށް އަރާފައެވެ. އެއާއެކު ބައްޔަށް ފައްސިވި މީހުންގެ ތެރެއިން 79 ޕަސެންޓް މީހުން މިހާރު ވަނީ ރަނގަޅުވެފައެވެ.

އެޗްޕީއޭއިން މިރޭ ބުނީ މިއަދު 29 މީހަކު ކޮވިޑަށް ފައްސިވި ކަމަށާއި މީހުންގެ ތެރޭގައި ހިމެނެނީ 28 ބިދޭސީންނާއި ދިވެއްސެކެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްގެ 15 މީހަކު ހިމެނެއެވެ. މީގެ އިތުރުން ނޭޕާލް، އިންޑިއާ އަދި ޕިލިޕީސް މީހެއްވެސް ހިމެނެއެވެ.

މި މީހުންނާއެކު ރާއްޖެއިން ފައްސިވި އަދަދު ވަނީ 2094 އަށް އަރާފަ އެވެ. މިވަގުތު ފަރުވާ ކުރަމުންދަނީ 414 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 347 މީހުންނެވެ. ކަރަންޓީންގައި ތިބީ 331 މީހުންނެވެ.

ކޮވިޑްގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!