ޚަބަރު

ކޮވިޑަށް ފަރުވާކުރުމަށް ހޯދުނު ބޭސް ރާއްޖެއިން ވެސް ލިބެން އެބަހުރި: ޑރ. ފައިސަލް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފަރުވާރުކުރުމަށް ހޯދުނު ބޭހަކީ ރާއްޖެއިން ވެސް ލިބެން ހުންނަ ބޭހެއް ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

"ޑެކްސަމެތަޒޯން" ނަމަކަށް ކިޔޭ މި ބޭހުން ކޮވިޑް-19 ޖެހިގެން ހާލު ސީރިއަސްވާ މީހުންގެ ފުރާނަ ސަލާމަތްކުރުމަށް އެހީވެދެއެވެ.

ސައިންސްވެރިން ވަނީ މި ބޭހަކީ ކޮވިޑަށް ފަރުވާ ހޯދުމަށް ކުރަމުން އައި މަސައްކަތުގެ ތެރެއިން މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ ގެ ގޮތުގައި ސިފަކޮށްފައެވެ. މި ބޭހުގެ ކުޑަ ޑޯޒް އަކުން ބޭހުގެ އަސަރު ފެންނަ ކަން ސައިންސްވެރިން ފާހަގަކޮށްފައިވާއިރު ކުރިން މި ބޭސް ދެނެގަނެވުނު ނަމަ އިނގިރޭސިވިލާތުގައި 4،000 އާއި 5،000 އާއި ދެމެދުގެ މީހުންގެ ފުރާނަ އެ ގައުމުން ސަލާމަތް ކުރެވުނީސް ކަމުގައި އިނގިރޭސިވިލާތުގެ ސިއްހީ މާހިރުން އަންނަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން ޑރ. ފައިސަލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޑެކްސަމެތަޒޯނަކީ ކޮވިޑަށް ކަށަވަރު ބޭހެއް ނޫން ކަމަށާއި ނަމަވެސް ވެންޓިލޭޓަރަށް ލާން ޖެހޭ މީހުންގެ ތެރެއިން މި ބޭސް ދިން މީހުންގެ 1/3 ފުރާނަ ސަލާމަތްވި ކަމަށާއި އޮކްސިޖަން ގުޅިމީހުންގެ 1/5 މީހުންގެ ފުރާނަ ސަލާމަތްވި ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ. އަދި އޮކްސިޖަން ދޭން ނުޖެހޭ މީހުންނަށް މި ބޭސް ދިނަސް އެއްވެސް ތަފާތެއް ނުފެންނަ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ފައިސަލް ވިދާޅުވީ ޑެކްސަ މެތަޒޯނަކީ ސްޓެރޮއިޑެއް ކަމަށާއި އެއީ ވައިރަސް ނައްތާލާ ބޭހެއް ނޫން ކަމަށެވެ. އަދި އެ ބޭސް ރާއްޖޭގައިވެސް އެބަހުރި ކަމަށް ވިދާޅުވިއެވެ.

"ރާއްޖޭގައިވެސް ހުންނަ ބޭހެއް. ސުޓެރޮއިޑެއް، ވައިރަސް ނައްތާލާ ބޭހެއް ނޫން. ވައިރަސްއާ ދެކޮޅަށް ދިފާއީ ނިޒާމުގެ މަސައްކަތް ބޮޑުވެ، ހުދު ތިމާގެ ހަށިގަޑަށް ގެއްލުންވާވަރަށް މި ނިޒާމުގެ މަސައްކަތް ދިޔަނުދީ މައިތިރި ކުރާ ބޭހެއް މިއީ." ޑރ. ފައިސަލް ވިދާޅުވިއެވެ.

އެހެނިހެން ބަލިތަކުގައިވެސް މި ބޭސް ބޭނުންކުރާކަން ވެސް ޑރ. ފައިސަލް ފާހަގަކުރެއްވިއެވެ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވި ކަމާއެކު ކޮވިޑް19 ފެތުރެމުން އަންނައިރު މި ބައްޔަށް ހާއްސަ ބޭހެއް އަދި ވައިރަހެއް އަދި މިހާތަނަށް އުފައްދާފައެއް ނުވެއެވެ. ނަމަވެސް ގިނަ ވައިރަސް ތަކެއްގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!