ލައިފްސްޓައިލް

ސަމާލުވޭ! ފްލަޝް ކުރަންވާނީ ފާޚާނާތަށި މަތިގަނޑު ޖަހާފަ، އެހެންނޫނީ ކޮރޯނާ ވައިރަސް ފެތުރިދާނެ!

ދެން އެމްވީ ، ދެން އޮންލައިން

ފަހަރެއްގައި މިއީ ދައްކަން ވަރަށް ހަޑި ވާހަކައަކަށް ބައެއް މީހުންނަށް ވެދާނެއެވެ. އެކަމަކު މިއީ ކޮންމެހެން ވެސް އެނގުން މުހިންމު މައުލޫމާތެކެވެ.

Ads by Sosun Fihaara

ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ބަލިން ރައްކާތެރިވުމަށް އެންމެ ބޮޑަށް ކުރަންޖެހޭ އެއް ކަމަކީ ސާފުޠާހިރުވެގެން ތިބުންކަން އެންމެންނަށް ވެސް އެނގެއެވެ. މިއީ ވެސް އެފަދަ ކަމެކެވެ.

ފާޚާނާކޮށް ނިމިގެން ފްލަޝް ކުރާއިރު، ފާޚާނާތަށީގެ މަތިގަނޑު ފުރަތަމަ ޖަހާފަ، ނުވަތަ ލައްޕާފަ، ފްލަޝް ކުރުމަށް ސިއްޙަތާއިބެހޭ މާހިރުން އިރުޝާދު ދެއްވައިފިއެވެ.

ސިއްޙަތާއިބެހޭ ބައެއް ރިޕޯޓުތަކުން ހާމަވާ ގޮތުގައި، ފާޚާނާތަށީގެ މަތިގަނޑު ނުޖަހާ ފްލަޝް ކޮށްފިނަމަ އެފެނުގައި ހުންނަ ޖަރާސީމުތައް އެއް މީޓަރަށްވުރެ ދުރަށް ބުރައިގެން ދެއެވެ. އަދި އޭގެ ސަބަބުން ދެން ފާޚާނާއަށް ވަންނަ މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް އެޖަރާސީމުތައް ވަދެގެން ދެއެވެ.

މިސާލަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާ މީހަކު ފާޚާނާ ކުރުމަށްފަހު، ފާޚާނާތަށިގެ މަތިގަނޑު ނުޖަހާ ފްލަޝްކޮށްފައި ދިޔުމުން، އެތަނަށް އެހެން މީހަކު ވަދެއްޖެނަމަ އެމީހަކަށް މިބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މިކަން ދިރާސާކުރާ މާހިރުން ބުނެފައިވެއެވެ.

ބައެއް ޤައުމުތަކުގައި މިހާރު ފުރަބަންދުވެސް އުވާލާފައިވުމާއި ގުޅިގެން ރެސްޓޯރަންޓުތަކާއި، އޮފީސްތައްފަދަ ތަންތަން ވެސް ހުޅުވާލާފައިވުމުން އެއް ފާޚާނާއެއް ބޭނުން ކުރަން ބައެއް މީހުންނަށް ޖެހޭނެއެވެ.

އެހެންކަމުން ފާޚާނާތަށި ފްލަޝްކުރާއިރު އަބަދުވެސް މަތިގަނޑު ޖަހާފައިވާ ފްލަޝް ކުރަން އާދަ ކުރުމަށް މާހިރުން އިރުޝާދު ދީފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!