ލައިފްސްޓައިލް

ބޭނުންކުރާ ބައެއް ކޮސްމެޓިކްސްގެ ސަބަބުން އަންހެން ކުދިން ބާލިޣުވާލެއް އަވަސްވޭ!

ދެން އެމްވީ ، ދެން އޮންލައިން

ބަނޑުބޮޑުވުމުގެ ކުރިންނާއި ދަރިފުޅު ބަނޑުގައި އޮންނައިރު މައިމީހާ ރީތިވުމަށާއި ޒީނަތްތެރިވުމަށް ބޭނުންކުރާ ބައެއް ކޮސްމެޓިކްސްގެ ސަބަބުން އަންހެން ކުދިން ބާލިޣުވާލެއް އަވަސްވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޖާނަލް އޮފް ހިއުމަން ރިޕްރޮޑަކްޝަނުގައި ޝާއިއުކޮށްފައިވާ މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ޔުނިވާސިޓީ އޮފް ކެލިފޯނިޔާ އިންނެވެ. ދިރާސާގައި މަންމައިންނާއި އެމީހުންގެ ދަރިން ގައިން ސާމްޕަލްނަގައިގެން، ދަރީން ބާލިޣުވުމާ ހަމައަށް ގޮސްފައިވާ އުމުރު ދެނެގަނެފައިވެއެވެ.

އެ ދުވަސް ވަރު މައިމީހާ ބޭނުންކުރާ ކޮސްމެޓިކްސްގެ ތެރޭގައި ހިމެނޭ ކެމިކަލްގެ ސަބަބުން ދަރިފުޅު ފުރާވަރަށްއެރުމަށްފަހު އަދި އެ އުމުރުގައި ދިމާވާ "ޕިއުބާޓީ" ނުވަތަ ބާލިޣުވާލެއް އަވަސްކަން ދިރާސާގައި ވަނީ ފާހަގަ ކޮށްފައެވެ. މާ އަވަހަށް މި ކަންތައް ދިމާވުމަކީ އަންހެން ކުދިންނަށް ނަފްސާނީ ބަލިތަކާއި ސިކުނޑީގެ ކެންސަރު ފަދަ ބަލިތަކަށް ވާރުތަކުރާނެ ކަންތައްކަންވެސް ދިރާސާގައި ފާހަގަ ކޮށްފައިވެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި އެމެރިކާގައި ކޮންމެ އަންހެނަކު އެވެރެޖުކޮށް 12 ކޮސްމެޓިކް ޕްރޮޑަކްޓް. އަދި މޫނަށް ހާއްސަ 16 އުފެއްދުމެއް ބޭނުން ކުރެއެވެ. މީގެ ސަބަބުން ކޮންމެ ދުވަހަކު 200 އަސް ވުރެ ގިނަ ކެމިކަލް އަށް އެ ކުދިން ހުށަހެޅެއެވެ.

އާންމުކޮށް އަންހެންކުދިންނަށް ބާލިޣުވަނީ 11 އަހަރުގައި ނަމަވެސް މިހާރަކަށް އައިސް އަށް އަހަރު އަދި އެއަށްވުރެ ހަގު އުމުރުގައިވެސް ބާލިޣުވުމުގެ އަލާމާތްތައް އަންހެންކުދިންގެ ފުށުން ފެންނަމުންދާކަން ދިރާސާގައި ފާހަގަކޮށްފައި ވެއެވެ.

ކޮސްމެޓިކްސްގައި ހިމެނޭ ކެމިކަލްތަކަކީ އިންސާނީ ދަރިފަސްކޮޅުގެ ހެދިބޮޑުވުމަށް އޮތް ހުރަހެއް އަދި ނުރައްކަލެއްގެ ގޮތުގައިވެސް ވަނީ ފާހަގަ ކޮށްފައެވެ. ހޯމޯންސްއަށް އަސަރު ކުރާ ކެމިކަލް ހިމެނޭ ބިއުޓީ ޕްރޮޑަކްޓްސް ދެނެގަނެ އެތަކެތިން ދުރުވުމަށް އެ ދިރާސާގައި ގޮވާލާފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!