ޚަބަރު

އަންނަ މަހުގެ 1 އިން ފެށިގެން އޮންލައިންކޮށް ޗެކް އިން ކުރެވޭނެ: މޯލްޑިވިއަން

ދެން އެމްވީ ، ދެން އޮންލައިން

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ފުލައިޓްތަކަށް އޮންލައިންކޮށް ޗެކިން ކުރެވޭނެކަމަށް މޯލްޑިވިއަންއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި ވަހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވީ، އޮންލައިން ޗެކިންގ ކުރެވޭނެ ނިޒާމް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ.

އެގޮތުން ޖުލައި 1 ވަނަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ފްލައިޓްގައި ދަތުރުކުރާ ފަސިންޖަރުންނަށްވެސް އޮންލައިން ޗެކިން ކުރެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ބޮޑަށް ބާރުއަޅަނީ އޮންލައިންކޮށް ޓިކެޓު ގަތުމާއި މީހުން ނައިސް ޓިކެޓްގެ ކަންކަން ކުރިއަށްގެންދިއުމަށް. 1 ޖުލައިގައި އޮންލައިން ޗެކިންވެސް ފެށްޓޭނެ." ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ޖެނިފާ ވިދާޅުވިއެވެ.

ޖެނިފާ ވިދާޅުވީ މި ދަނޑިވަޅުގައި އެ ކުންފުނިން ބޮޑަށް ބާރުއަޅަނީ ޓިކެޓް އޮފީހަށް އައުމުގެ ބަދަލުގައި އޮންލައިންކޮށް ޓިކެޓް ގަތުމަށްކަމަށެވެ. މޯލްޑިވިއަންގެ މެއިލްއަށް އައިޑީކާޑުގެ ކޮޕީއަކާއިއެކު މެއިލްކުރުމުން އޮންލައިންކޮށް ޓިކެޓް ބުކްކުރުމާއި ޓިކެޓް ގަތުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!