ޚަބަރު

އެއްބާރު މިނެއްގެ ދެ މުއައްސަސާއެއް ހަތިޔާރާއެކު އޮތުން ބުއްދިވެރިއެއް ނޫން: ރައީސް ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

އެއްބާރުމިނެއްގެ ދެ މުއައްސަސާއެއް ރާއްޖޭގައި ހަތިޔާރާއެކު އޮތުމަކީ ބުއްދިވެރި ކަމެއް ކައމުގައި ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ދިވެހި ފުލުހުންގެ ބިލަށް ވާހަކަ ދައްކަވަމުން އިއްޔެ ރައީސް ނަޝީދު ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސާވިސް ޒަމާނީ މުއައްސަސާއަކަށް ބަދަލުކުރަން ބޭނުންވާ އެންމެހާ މައުލޫމާތާއި އިޖުރާއަތުތައް އެބިލުގައި ފުރިހަމަވާ ކަމަށެވެ.

ބިލާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ، ރާއްޖޭގައި ފުލުހުންގެ މުއައްސަސާ އެންމެ ފުރަތަމަ އުފެދިގެން އައި ގޮތާއި ބެހޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ.

އެގޮތުން ރައީށް ނަޝީދު ވިދާޅުވީ ރާއްޖޭގައި އެންމު ފުރަތަމަ ފުލުހުން/ސިފައިން އުފައްދާފައިވަނީ 1892 ނުވަތަ 1893 ވަނަ އަހަރު ނުރައްދީން ބަންޑާރައިންގެ ވެރިކަމުގައި ކަމަށެވެ. އަދި އެއަހަރު ހެންވޭރު ބޮޑިހިއްޗަށް ބަންޑާރަ އިން ވަޑައިގެންނެވި އިރުގައި ފައިހަމަކޮށް ޔުނިފޯމް އަޅައިގެން ހިނގާ ބައެއް ރަނދުންނާ މާ އަރިހުގައި، ހަނގުބޭކަލުންނަށް ވުރެ ވެސް އަރިހުގައި ރަދުން ބައިތިއްބަވާފައި ތިއްބެވި ކަމަށާއި އެއިރު މާލޭ މީހުން އެ މީހުންނަށް ކިޔަނީ ދީދިފަތި ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެންމެ ފުރަތަމަ ސިފައިންނާ ފުލުހުން އެކުގައި އޮތުމަށްފަހު، ދެ މުއައްސަސާ ވަނީ ވަކިކޮށްފައިވުން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއް ބާރުމިނެއްގެ ދެ މުއައްސަސާއެއް ބޭތިއްބުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަގައެވެ.

"މިހާރު އަޅުގަނޑު ދެކޭގޮތުގައި އިއްޒަތްތެރި މެންބަރުންގެ ވިސްނުންފުޅުގައި ބަހައްޓަވަންވީ އެންމެ މުހިންމު އެއްޗަކީ، އެއް ބާރުމިނެއްގެ ދެ މުއައްސަސާ މި ރާއްޖޭގައި ހަތިޔާރާ އެކީގައި ބޭތިއްބުމަކީ ބުއްދިވެރިކަމެއް ނޫނޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!