ޚަބަރު

ސީއެޗްއެސްއީ ހުޅުމާލެއަށް ބަދަލު ކުރަން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ހަމައެކަނި އޭލެވެލަށް ކިޔަވައިދޭން ސްކޫލް، ސެންޓާ ފޮ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން(ސީއެޗްއެސްއީ) ހުޅުމާލެ އަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފި އެވެ.

Ads by MWSC

މި ބަދަލު ގެނައުމަށް ސަރުކާުރުން ނިންމި އިރު ސީއެޗްއެސްއީ އަލުން އިމާރާތް ކުރުމުގެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) އާ ހަވާލު ކޮށްފައި ވެއެވެ.

އެނގިފައިވާ ގޮތުގައި މި އިމާރާތް ހުޅުމާލެ އަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެއާއެކު އާރްސީސީން މާލޭގައި ފެށި އާ އިމާރާތުގެ މަސައްކަތް މިވަގުތު ވަނީ ހުއްޓާލާފަ އެވެ.

ނަވާރަ ކްލާސްރޫމާއި ހަ ލެބޯޓަރީގެ އިތުރުން ހަތަރު ސްޓާފްރޫމް ހެދުމަށް އެ ކުންފުންޏާ މިދިޔަ އޮކްޓޫބަރު މަހު ހަވާލުކުރީ 33.4 މިލިއަން ރުފިޔާ އަށް 420 ދުވަހުގެ ތެރޭގައި ނިންމާށެވެ.

ސީއެޗްއެސްސީ އެންމެ ފުރަތަމަ ވުޖޫދަށް އައީ 1979 ވަނަ އަހަރުއެވެ. ނަމަވެސް އެންމެ ފުރަތަމަ ހިންގީ ސައިންސް އެޑިއުކޭޝަން ސެންޓަރުގެ ނަމުގައެވެ. ނަމަވެސް ފަހުން 2001 ވަނަ އަހަރު އެތަނުގެ ނަން މިހާރުގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.

ސީއެޗްއެސްސީ ހުޅުމާލެއަށް ބަދަލުކުރަން ނިންމިއިރު ދަރުމަވަންތަ ސްކޫލް މާލޭ ޖަލު ހުރި ސަރަހައްދަށް ބަދަލުކުރަންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފައެވެ.ޝޙ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!