ޚަބަރު

ވެކްސިން ނުޖަހާ ކުދިންގެ ދަފްތަރެއް އެކުލަވާލަނީ

ދެން އެމްވީ ، ދެން އޮންލައިން

ވެކްސިން ނުޖަހާ ކުދިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

Ads by Sosun Fihaara

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ވެކްސިން ނުޖަހާތިބި 18 އަހަރުން ދަށުގެ ކުދިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތް މި ހަފްތާގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރާއްޖޭގެ އެއްވެސް ރަށެއްގައި ވެކްސިން ނުޖަހާ ކުއްޖަކު ހުރިނަމަ ވެކްސިން ޖެހުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރިއަށްގެންދާނެ ކަމަށެވެ.

ހިމަބިހި ހަލުވިކަމާ އެކު ފެތުރިގެންދާތީ އެކަން އެކަން ހުއްޓުވުމަށް ޚާއްސަ ޓާސްކުފޯހެއް ސަރުކާރުން ވަނީ އެކުލަވާލާފައެވެ.

އެ ޓާސްކު ފޯހުގެ ބެލުމުގެ ދަށުން ވެކްސިން ނުޖަހާ ތިބި ކުދިންނަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

މިނިސްޓަރ އަމީން ވިދާޅުވީ ވެކްސިން ޖެހުމަށް އިންކާރުކުރިޔަސް ވެކްސިން ޖަހާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!