Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައްޑޫގައި ހިނގި ދެ އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫގައި ހިނގި ދެ އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

އައްޑޫ ސިޓީ ހިތަދޫގައި މިރޭ ދެ އެކްސިޑެންޓެއް ހިނގައި ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީގެ ހިތަދޫ ބޮޑު މަގުގައި ދެ ސައިކަލެއް ޖެހި މިރޭގެ 19:40 އެހައިކަންހާއިރު އެކްސިޑެންޓެއް ހިނގާފައިވާ ކަމަށާއި އެ އެކްސިޑެންޓުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ އެކްސިޑެންޓުވި ސަރަހައްދުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހަކު، ސައިކަލު ދުއްވާލި ވަގުތު ކާރެއްގައި ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

Advertisement
Ooredoo — Truecaller (box)

އެ މައްސަލައިގައި އަނިޔާވި ތިން މީހުންގެ ހާލުވެސް ސީރިއަސް ނޫން ކަމަށާއި އެ ތިން މީހުންނަކީވެސް ލައިސަންސް އޮތް މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން ގެންދާ ކަމަށެވެ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް