Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ދުވަހަކުވެސް ނުހިނގޭނެ ކަމަށް ބުނި ކުއްޖާ ފަސް އަހަރުގައި ހިނގަން ފެށުމުން މަންމަ އަށް އުފަލުން ރޮވިއްޖެ

ދުވަހަކުވެސް ނުހިނގޭނެ ކަމަށް ބުނި ކުއްޖާ ފަސް އަހަރުގައި ހިނގަން ފެށުމުން މަންމަ އަށް އުފަލުން ރޮވިއްޖެ

އުފެދުމުގައި ހުރި ބައްޔެއްގެ ސަބަބުން ދުވަހަކު ވެސް ހިނގިނޭ ކަމަށް ޑޮކްޓަރުން ބުނި ކުއްޖަކު އުމުރުން ފަސް އަހަރުގައި ހިނގަން ފަށައިފިއެވެ.

ކެމްޑެން ބްރޫކްސް އަށް އުފެދުމުގައި ދިމާވި މައްސަލައެއްގެ ސަބަބުން އޭނާގެ ހިނގުމާއި ބެލެންސް ކުރުމަށް ވަނީ އަސަރު ކޮށްފައެވެ. އޭނާ ވަނީ އުމުރުން 18 މަހުގައި ޕިޒިއޮތެރަޕީ ދޭން ފަށާފައެވެ. ނަމަވެސް މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް އޭނާ ދެ ފިޔަވަޅަށް ވުރެ ގިނައިން ހިނގާފައެއް ނުވެއެވެ.

ކެމްޑެން ހިނގާ ވިޑީއޯ 8 މިލިއަން މީހުން ބަލާފައިވާއިރު، ވީޑިއޯއިން ފެންނަނީ ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅަށް އެއްވެސް މީހެއް އަދި އެއްޗެއްގެ އެހީތެރިކަމާ ނުލައި އޭނާ ހިނގާލާ މަންޒަރެވެ.

Advertisement
HDC — Sidebar (box)

ކެމްޑެންގެ މަންމަ މެންޑީ ބުނީ ބައިވަރު ޑޮކްޓަރުންނާއި ތެރަޕިސްޓުން ވެސް ކެމްޑެންއަށް ހިނގޭނެ ކަމުގެ އުންމީދު ކަނޑާލާފައިވާ ކަމަށެވެ.

ޖެނެޓިކް ޓެސްޓުތަކުން ވެސް ކެމްޑަންއަށް ދިމާވެފައިވާ ސީދާ މައްސަލަ ދެނެގަނެވިފައި ނުވާއިރު، އެމްއާރުއައި ސްކޭނުން ދެއްކި ގޮތުގައި އެ މައްސަލަ ދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ކެމްޑެން ޕްރީ ސްކޫލަށް ދާން ފަށާއިރު، އޭނާގެ މަންމަގެ އުންމީދަކީ ހިނގުމުގައި އިތުރަށް ކުރިއެރުން ލިބުން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް