ޚަބަރު

ކައުންސިލް އިންތިހާބްގައި ސަރުކާރު ކޯލިޝަނަށް އެކުގައި ހިނގޭނެ މަގެއް ނެތް: ޖަމީލު

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބްގައި ސަރުކާރު ކޯލިޝަން އަށް އެކުގައި ހިނގޭނެ މަގެއް ނެތް ކަމަށް ކުރީގެ ނައިބް ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޖަމީލު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީ މެމްބަރުންނަށް ހައްގު މިންވަރު ނުލިބިގެން އުޅެނީ ކޯލީޝަނާއި ހެދި ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދާދިފަހުން ވިދާޅުވެފައިވަނިކޮށެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޯލިޝަންއާ ބެހޭގޮތުން ރައީސް ނަޝީދު އާ ވާހަކައެއް ވިދާޅުނުވާ ކަމަށާއި މަޖިލިސް އިންތިޚާބުގައި ވެސް ކޯލިޝަނެއް ނެތް ކަމަށެވެ. އަދި ކައުންސިލް އިންތިޚާބްގައި އަމުދުން ކޯލިޝަން އަށް އެކުގައި ހިނގޭނެ މަގެއް ނެތް ކަމަށާއި ކޯލިަޝަންގެ ވެރިން ތިއްބެވީ ޚިޔާލީ ދުނިޔެއެއްގައި ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

"އެޖެންޑާ 19 ރަށަށް" ނަމުގައި އެމްޑީޕީން ބޮޑުތިލަދުން މައްޗަށް ކުރާ ދަތުރުގައި އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ މެމްބަރުން އުއްމީދު ކުރި މިންވަރު އެ މެމްބަރުންނަށް ނުލިބޭ ކަމަށެވެ.

އަދި އެމްޑީޕީ ވެެރިކަމަށް އައުމުން ރަށްތަކުގައި ތިބި އެމްޑީޕީ މެމްބަރުންނަށް އޭގެ އެންމެ ފުރިހަމަ ހިތްހަމަ ޖެހުމެއް ލިބެމުން ނާންނަ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!