ޚަބަރު

ބަލިމީހުން ރާއްޖެއިން ބޭރަށް ނުފޮނުވި ލަސްވަނީ ޤައުމުތަކުގެ ބޯޑަރުތައް ނުހުޅުވާތީ: އާސަންދަ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވަންޖެހޭ ބަލިމީހުން ނުފޮނުވި ލަސްވަނީ، އެޤައުމުތަކުގެ ބޯޑަރުތައް އަދި ނުހުޅުވާ ހުރުމުން ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.

Ads by STELCO

އާސަންދަ ކުންފުނިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން ހޯދަންޖެހޭ ފަރުވާ ހޯދުމަށް ބަލިމީހުންނަށް އާސަންދަ ހަމަޖެހިފައިވީ ނަމަވެސް، އެފަރާތްތަށް ނުފޮނުވި ލަސްވަނީ އެޤައުމުތަކުގެ ބޯޑަރުތައް އަދި ނުހުޅުވާ ހުރުމުން ކަމަށެވެ.

އެގޮތުން އަވަށްޓެރި އިންޑިއާ އަދި ޝްރީލަންކާގެ ބޯޑަރުތައްވެސް ކޮވިޑް-19 ގެ ސަބަބުން ބަންދުކުރުމަށްފަހު އަދި ނުހުޅުވާކަން އާސަންދައިން ވަނީ ފާހަގަ ކޮށްފައެވެ.

މިދެޤައުމުތަކުގެ ބޯޑަރުތައް ހުޅުވާލިހާ އަވަހަށް ރާއްޖެއިން ބޭރަށް ފަރުވާ ހޯދުމަށް ބަލިމީހުން ފޮނުވާނެ ކަމަށް ވެސް އެކުންފުނިން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!