ޚަބަރު

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 82 ޕަސެންޓު މީހުން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 82 ޕަސެންޓު މީހުން ރަނގަޅު ވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ)އިން ރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު އިތުރު 10 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1769 އަށް އިތުރުވެފައެވެ. އަދި ރާއްޖެއިން ޖުމްލަ ފައްސި ވެފައި ވަނީ 2150 މީހުންނެވެ.

ކޮންމެ ދުވަހަކުވެސް ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވެ ރާއްޖޭގައި ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިމަހުގެ މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް މީހުން ރަނގަޅުވެފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު 229 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ މިހާތަން ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ރަނގަޅުވި ދުވަސްވެސް މެއެވެ.

މާލެ ސަރަހައްދުގެ ފުރަބަންދަށް މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ލުއިދޭން ފަށާފައިވާއިރު މިވީ ފަސް ދުވަހުގެ ތެރޭގައި ރާއްޖެއިން ރަނގަޅުވި މީހުންގެ އަދަދު އުޅެނީ 450 އަށްވުރެ މަތީގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!