ޚަބަރު

ވައުދުތައް ފުއްދުމަށް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު އަގުލަބިއްޔަތެއް ލިބެން ޖެހޭ: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ބޮޑު މެޖޯރިޓީއެއް ބޭނުންވާ ކަމަށާ އެހެން ނޫނަމަ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްތައް ކުރިމަތިވާނެކަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ކުޅުދުއްފުށި ސިޓީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުގެ ވައުދުތައް ތަންފީޒު ކުރެވޭނީ އެ ވައުދުތައް ގަބޫލު ކުރާ އަދި އެ ކަމުގެ ވިސްނުން ހުރި ފަރާތްތަކަށް ކަމަށެވެ.

އަދި އެ ވައުދުތައް ފުއްދޭނީ އެމްޑީޕީއަށް ކަމަށާއި އެ ޕާޓީއަށް ކައުންސިލް އިންތިހާބު ބޮޑުތަނުން ނުލިބިއްޖެ ނަމަ ވައުދުތައް ފުއްދަން ހުރަސްތައް ކުރިމަތިވާނެކަމަށެވެ.

"އެހެންކަމުން ކައުންސިލްތަކުގެ އިންތިހާބު ބޮޑުތަނުން އެބަޖެހޭ އެމްޑީޕީ އަށް ކާމިޔާބުވާން.އެހެން ނޫންނަމަ، އެހެން ގޮތަކަށް މިކަން ހިނގައްޖެނަމަ އަޅުގަނޑުމެންވީ ވައުދުތައް ފުއްދުމުގައި ހުރަސްތައް ކުރިމަތިވާނެ." ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލިސް އެބައޮތް ކަމަށާއި މަޖިލީހުން އެ މަސައްކަތް ވަރަށް ރަނގަޅަށް ކުރާ ކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކަށް ކައުންސިލް އިންތިހާބު ދޭން އެ ބުނާ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!