ޚަބަރު

އައިހެވަން މަޝްރޫއު މި ސަރުކާރުން ކުރިއަކަށް ނުގެންދާނެ: ސައީދު

ޓްރާންޝިޕްމަންޓާއި އެކު އައިހެވަންގެ މާސްޓަޕްލޭން އަދި ފީޒިބިލިޓީސްޓަޑީޒް ވާނީ ނިމިފައި ކަމަށާއި އެޕްރޮޖެކްޓެއް މި ސަރުކާރުން ކުރިއަކަށް ނުގެންދާނެ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށި ސިޓީގައި އެމްޑީޕީއިން ކުރިއަށް ގެންދާ "ތިލަދުންމަތި އިރުވައި ކޮންފެރެންސް" ގައި ހަނިމާދޫ ދާއިރާގެ މެންބަރ އަބްދުލް ޤަފޫރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވަނީ ތިލަދުންމަތީގައި ޓްރާންސިޕްމަންޓް ޕޯޓެއް ގާއިމްކުރުމުގެ މަސައްކަތް ކުރުމަށް ކޮންސަލްޓެންޓެއް މަސައްކަތް ކުރަމުންދާކަމަށް ކަމަށް ވިދާޅުވެފައެވެ.

މިކަމަށް ރައްދު ދެއްވައި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިހަވަންދިއްޕޮޅާއި، ފާފު އަތޮޅުގެ ބިޔަ މަޝްރޫއު ހުއްޓުވީ ކޮންބައެއްކަން ދިވެހި ރައްޔިތުންނަކަށް ނޯޅޭނެ ކަމަށެވެ.

"ޓްރާންޝިޕްމަންޓާއި އެކު އައިހެވަންގެ މާސްޓަޕްލޭން އަދި ފީޒިބިލިޓީސްޓަޑީޒް ވާނީނިމިފަ. އެޕްރޮޖެކްޓެއް މިސަރުކާރުން ކުރިއަކަށް ނުގެންދާނެ." ސައީދު ވިދާޅުވިއެވެ.

ސައީދު މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އަވަހަށް ތަރައްގީ ގެނެވޭނީ ތަރައްގީގެ ފިކުރާއި ވައްޓަފާޅި ހުރި ބަޔަކަށް ކަމަށެވެ. އަދި އެ ވިސްނުން ނެތް ބަޔަކަށް މުޅި ދައުލަތާއި، އިންތިހާބުތަކާއި، ފަސް އަހަރުގެ ބަޖެޓު އެއްކޮށް ދިނަސް ހުސްވާނީ ބަޖެޓް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު މިހެން ވިދާޅުވެފައިމިވަނީ އަވަހަށް ތަރައްގީ ގެނެވޭނީ ހުރިހާ އިންތިހާބެއް އެއްކޮށް ބޭއްވުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!