ޚަބަރު

ކޮވިޑް-19: ކޮންމެހެން މަޖުބޫރުވެގެން ނޫނީ ބޭރަށް ނުނިކުމޭ، އަލުން ލޮކްޑައުން ކުރަން ޖެހިދާނެ: ޑރ. ލަތީފް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުމާއި ގުޅިގެން މާލެސަރަޙައްދު ލޮކްޑައުން ކޮށްފައި އޮތުމަށްފަހު، މިހާރު ލުއިދީފައިވީ ނަމަވެސް ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށް ކޮވިޑް-19 އާއި ގުޅިގެން އުފައްދާފައިވާ ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް) ގެ ލީޑަރ ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

Ads by STELCO

އެޗްޕީއޭ ގެ ފަރާތުން އުފެއްދި ކުޑަ ވީޑިއޯ މެސެއްޖެއްގައި ޑރ. ލަތީފު ވިދާޅުވީ މާލެ ސަރަޙައްދަށް ދިން ލުޔާއި ގުޅިގެން ވަރަށް ގިނަ ބަޔަކު މަގުތަށްމަތީގައި އެއްވެ އުޅޭތަން ފެންނަ ކަމަށާއި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށެވެ.

މިފަދައިން ބޭރަށް ނިކުމެ އުޅޭނަމަ ކޮވިޑް-19 އަނެއްކާވެސް އިތުރަށް ފެތުރިދާނެ ކަމަށާއި ކޮވިޑް-19 އަލުން ފެތުރިއްޖެނަމަ އަނެއްކާވެސް ލޮކްޑައުން ކުރަން ޖެހިދާނެ ކަމަށް ވެސް ޑރ. ލަތީފު ވިދާޅުވެފައިވެއެވެ.

މާލެ ސަރަޙައްދަށް އިއުލާނު ކޮށްފައިވާ ލޮކްޑައުނަށް ލުޔެއް ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!