ޚަބަރު

ކުޅުދުއްފުށީގައި އަޅާނީ އާ ހޮސްޕިޓަލެއް: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ހދ. ކުޅުދުއްފުށި ސިޓީގައި މިހާރު ހުރި ހޮސްޕިޓަލް ޓާޝިއަރީ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ ބަދަލުގައި އެ ފެންވަރުގެ އާ ހޮސްޕިޓަލެއް އެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ދިމާކޮށް، އެމްޑީޕީން ތިލަދުއްމައްޗަށް ކުރަމުން އަންނަ ކެމްޕެއިން ދަތުރުގެ ތެރެއިން، ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ، އެ ރަށުގައި މިހާރު ހުރި ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ. ނަމަވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މިހާރު ހުރި ފެންވަރަކުން އެކަމެއް ނުވާނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ހުރި ހޮސްޕިޓަލަކުން އެކަމެއް ނުވާނެ. އެހެންކަމުން އަޅުގަނޑުމެންގެ ވިސްނުމަކީ މި ރަށުގައި އަލުން ހޮސްޕިޓަލެއް އަޅައި ތިޔަބޭފުޅުން ބޭނުންވާ ހިދުމަތްތައް އެތަނަށް ބަދަލު ކުރުން. އެ ހޮސްޕިޓަލް ވެގެންދާނީ ހަމައެކަނި މި ރަށުގެ ރައްޔިތުންނަށް ހިދުމަތް ދޭ ތަނަކަށް ނޫން. ތިލަދުންމައްޗާއި ހިސާބުގެ ހުރިހާ ރައްޔިތުން މިތަނުގެ އެހީއާ ހިދުމަތްތައް ލިބޭ ގޮތައް ޕްލޭންގައި އެބައޮތް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކުޅުދުއްފުށީ އާ ހޮސްޕިޓަލް ވާނީ ހަމައެކަނި އެ ރަށުގެ ރައްޔިތުންނަށް ހިދުމަތް ދޭ ތަނަކަށް ނޫން ކަމަށެވެ. ތިލަދުއްމައްޗާއި ކުޅުދުއްފުއްޓާ ކައިރި ސަރަހައްދުތަކުގެ ހުރިހާ ރައްޔިތުންނަށް އެތަނުގެ އެހީ އާއި ހިދުމަތްތައް ލިބޭނެ ޕްލޭނެއް އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ލާމަރުކަޒީ ނިިޒާމަކުން ރާއްޖެ ތަރައްގީ ކުރާއިރު އެންމެ މުހިންމު އެއް ކަމަކީ ދަތުރުފަތުރުގެ ނިޒާމް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އެގޮތުން އެ މަސައްކަތް ފަށާނީ އުތުރުން ކަމަށާއި އެކަމަށްޓައި 150 މިލިއަން ރުފިޔާ ބަޖެޓް ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާާޅުވި އެވެ.

ކޮންމެ ދުވަހަކު ވެސް އެތައް ސަތޭކަ ބަޔަކު ދާ ކުޅުދުއްފުށީ ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު ދަށްކަމުގެ ޝަކުވާ ކުރާތާ އެތައް ޒަމާނެވެ. އެކަށީގެންވާ ފަރުވާއެއް ނުލިބި، އެ ހޮސްޕިޓަލުގެ ހާލަތު ދިޔައީ ދަށަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!