ޚަބަރު

ރާއްޖޭގެ އަމިއްލަ ޖަމިއްޔާއަކުން އަނެއްކާވެސް ލާދީނީ ރިޕޯޓެއް ލިޔެފި!

ދެން އެމްވީ ، ދެން އޮންލައިން

އަޅުގަނޑުމެންގެ ލޮބިވެތި އިސްލާމްދީނުގައި ބަޔާން ކޮށްފައިވާ ބައެއް ކަންކަމާއިމެދު ސުވާލު އުފައްދާ، އިސްލާމްދީން ޤަބޫލު ނުކުރާ މީހުން ދިފާޢު ކޮށްފައިވާ "އުތެމަ" ގެ ނަމުން ނަން ދީފައިވާ އަމިއްޔަ ޖަމިއްޔާއަކުން ލާދީނީ ރިޕޯޓެއް ނެރެފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި މިލާދީނީ ރިޕޯޓަކީ މިމަހުގެ 22 އިން އަންނަ ޖުލައި މަހުގެ 10 އަށް ޖެނީވާގައި އޮންނަ ސީޑޯ ކޮމިޓީގެ 76 ވަނަ ބައްދަލުވުމަށް އުތެމާއިން ހުށަހަޅަން ގަސްދުކޮށްފައިވާ ރިޕޯޓެކެވެ.

"ދިވެހި އަންހެނުންގެ ޙައްޤުގައި" ޝިއާރުގެ ދަށުން އުފައްދައިގެން އުޅޭ "އުތެމަ" އިން ނެރުނު ރިޕޯޓުގައި ވަނީ ކުރިން ލާދީނީ ރިޕޯޓެއް ނެރުނު އެމްޑީއެން ގެ ރިޕޯޓު ދިފާޢު ކޮށްފައެވެ. އަދި އެމްޑީއެން ގައި ހިމަނާފައި ހުރި ކަންކަން ތަންފީޒު ކުރުމަށް ވެސް އުތެމަ އިން ގޮވާލާފައިވެއެވެ.

އެނގިފައިވާ ގޮތުގައި އުތެމަ އިން އުފެއްދި މިލާދީނީ ރިޕޯޓު އުފައްދަން ފަންޑު ކޮށްފައިވަނީ ކެނެޑާގެ "ކެނެޑާ ފަންޑް ފޮ ލޯކަލް އިނިޝިއޭޓިވްސް" އިންނެވެ. އުތެމަގެ ލާދީނީ ރިޕޯޓުގެ ފުރަތަމަ ގަނޑުގައި އެކަން ބަޔާން ކޮށްފައިވެސް ވެއެވެ.

ބައިނަލްއަޤުވާމީ ފެންވަރުގައި ދީނީތަޤުރީރު ކުރާ މީހުންނާއި އެމީހުންގެ އާއިލާއަށް ދައުލަތުގެ މުއައްސަސާތަކުން ދައުވަތުދީގެން ރާއްޖޭގައި ތަޤުރީރުކުރުމަށް ގެނެވި، ކުޑަކުދިންނާއި ކައިވެނިކުރުން ފަދަ ގެއްލުންދެނިވި ކަންކަމަށް ރާއްޖޭގައި ބާރުއަޅާފައިވާ ކަމަށް އުތެމާގެ ލާދީނީ ރިޕޯޓުގައި ބަޔާން ކޮށްފައިވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!