ޚަބަރު

މިއީ ސިޔާސީ ވެރިންގެ އަމިއްލަ ޖަޒުބާތުތައް އިސްކުރަންވީ ވަގުތެއް ނޫން: ރައީސް ވަހީދު

ދެން އެމްވީ ، ދެން އޮންލައިން

މިއީ ސިޔާސީ ވެރިންގެ އަމިއްލަ ޖަޒުބާތުތައް އިސްކުރަންވީ ވަގުތެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ވަހީދު މިހެން ވިދާޅުވީ އެޑްވައިޒެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކާއި ގުޅިވަޑައިގަތުމަށް މިރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ވަހީދު ވިދާޅުވީ މިއަދު ގައުމު އޮތީ ނުރައްކާތެރި، ހިތްދަތި ހާލަތެއްގައި ކަމަށާއި އެގޮތުން ކޮވިޑް-19އާ ގުޅިގެން އެތައް ހާސް ބައެއްގެ ވަޒީފާ ގެއްލި، އެމީހުންގެ އާއިލާތައް ބިކަހާލުގައި ޖެހިފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ސިޔާސީ ވެރިން ވެސް އަމިއްލަ ޖަޒުބާތުތައް އިސް ނުކޮށް ގައުމާ މެދު ފުންކޮށް ވިސްނުން މުހިންމު ކަމަށް ވަހީދު ވިދާޅުވިއެވެ.

އަދި ދައުލަތުގެ ހަރަދުތައް އަދިވެސް ހުރީ ބޮޑުކޮށްކަން ފާހަގަކުރައްވަމުން ވަހީދު ވަނީ ރައްޔިތުން ތިބީ ކަންބޮޑުވެފައި ކަމަށާއި ގައުމުގެ ހާލުގެ ދުލުން ބުނަންޖެހޭ ބަސްތައް ބުނުން މަޑުވުމުން އޭގެ ފަހަތުން ގައުމުގެ ރުއިމުގެ އަޑު މިއަދު އިވެމުންދާ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ ކޮވިޑްގެ ހާލަތާއި ގުޅިގެން ގެވެށި އަނިޔާގެ މައްސަލަތައް ވެސް އިތުރުވަމުންދާ ކަމަށާއި މި ހުރިހާ ކަމަކާއި ދެކޮޅަށް ވެސް އަޑުއުފުލަންޖެހޭ ކަމަށެވެ.

"އަދި ހަމަ ހުރިހާ ދިމާލަކުން ވެސް ފެންނަނީ ރައްޔިތުން ބިކަހާލުގައި ޖެހެމުންދާތަން. މި އަޑުތައް އެބަޖެހޭ އިއްވަން" ވަހީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ނަމުގެ ކުރިއަށް ޑިމޮކްރަސީ އައުމުން ޑިމޮކްރަޓިކް ޕާޓީއަކަށް ނުވާނެ ކަމަށެވެ. ޑިމޮކްރަޓިކް ޕާޓީއެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ރައްޔިތުންގެ އަޑު އަހައި، ރައްޔިތުންނާއި އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސް ވަހީދު ވިދާޅުވިއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!